Follow us on
ރ. ދުވާފަރުން ކޯވިޑް ބަލި ޖެހުނު މީހަކު ނިޔާވެއްޖެ
| އިބްރާހިމް ރަފްހާން

ރ. ދުވާފަރުން ކޯވިޑް ބަލި ޖެހުނު މީހަކު ނިޔާވެއްޖެއެވެ.

މިއީ ކޯވިޑު ބަލީގައި ރ. ދުވާފަރުން ނިޔާވި ފުރަތަމަ ފަރާތެވެ.

މީދޫ ޓައިމްސްއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވި މީހާއަކީ ދުވާފަރުން ބައްޔަށް ފައްސިވެ އިތުރު ފަރުވާއަށް އޭދަފުށި ކޯވިޑް ފެސިލިޓީއަށް ބަދަލުކުރި ބަލި މީހެކެވެ. އަދި މި މީހާ ނިޔާވެފައިވަނީ އޭދަފުށިން ހުޅުމާލެ ކޯވިޑް ފެސިލިޓީއަށް ބަދަލުކޮށް އެ ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށެވެ.

ނިޔާވެފައިވަނީ އުމުރުން 60 އަހަރުގެ މީހެކެވެ.

ޚިޔާލު ފާޅުކުރައްވާ