Follow us on
ރ. މީދޫގެ ފުރަބަންދު އުވާލައިފި
| އިބްރާހިމް ރަފްހާން

ކޯވިޑް 19 އާއި ގުޅިގެން ރ. މީދޫގައި އިޢުލާންކޮށްފައިވާ ފުރަބަންދު އުވާލައިފިއެވެ.

މީދޫ ޓައިމްސްއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ފުރަބަންދު އުވާލި ނަމަވެސް ހަވީރު 4 އިން ފެށިގެން އުޅަނދު ދުއްވުން މަނާކުރުމަށް ވަނީ ނިންމާފައެވެ.

އަދި ހެލްތް ޕްރޮޓެކްޝަން އޭޖެންސީން އަންގާފައިވާ ގޮތަށް ރޭގަނޑު 9 އިން ފަތިހު 4 އަށް ކާފިއު ހިންގާނެއެވެ.

މިގެނައި ބަދަލާއެކު ފިހާރަތަށް ރޭގަނޑު 9 އާއި ހަމައަށް އާއްމުންނަށް ހުޅުވާލައިގެން ހިދުމަތް ދެވޭނެއެވެ. އެހެންނަމަވެސް މޮނިޓަރިންގ ހާލަތުގައި އޮތުމުން ކެފޭ ރެސްޓޯރެންޓުތަކުން ދޭން ޖެހޭނީ ޑެލިވަރީގެ ހިދުމަތެވެ.

ޓާސްކްފޯސްގެ މި ނިންމުން މިރޭ ކައުންސިލުން އިޢުލާން ކުރާނެކަމަށް މަޢުލޫމާތު ލިބެއެވެ.

އިތުރު ތަފްސީލް އަންނަނީ..

ޚިޔާލު ފާޅުކުރައްވާ