Follow us on
މިއަދު ރ. މީދޫ އިން ފައްސިވި އެންމެ މީހެއް، 27 ސާމްޕަލް ނައްސި!
| އިބްރާހިމް ރަފްހާން

ރ. މީދޫއިން މިއަދު ކޯވިޑް 19 އަށް ފައްސިވެފައިވަނީ އެންމެ ފަރާތެއްކަމަށް ރ. މީދޫ ސިއްޙީ މަރުކަޒުން މަޢުލޫމާތު ދީފިއެވެ.

މިއަދު ލިބިފައިވަނީ ޖުލައި 12 ވަނަ ދުވަހު ނެގި 28 ސާމަޕަލްގެ ނަތީޖާއެވެ. ކޯވިޑަށް ފައްސިވެފައިވަނީ ޑައިރެކްޓް ކޮންޓެކްވެ ބަލީގެ ޢަލާމާތްތައް ފެންނާތީ ޓެސްޓުކުރި ފަރާތެކެވެ.

ކޯވިޑަށް ނައްސިވެފައިވަނީ ފުރަބަންދު ރިލީޒް ސާމްޕަލްގެ ގޮތުގައި ޓެސްޓުކުރި 12 ފަރާތަކާއި ޑައިރެކްޓް ކޮންޓެކްޓް ރިލީޒް ސާމަޕަލްގެ ގޮތުގައި ޓެސްޓުކުރި 15 ފަރާތެކެވެ.

ރ. މީދޫއާއި މާލެއާއި ދެމެދު ދަތުރުކުރާ ހަޒާރު ބޯޓުގެ 4 ފަޅުވެރިން ފައްސިވުމާއި ގުޅިގެން ރ. މީދޫ މޮނިޓަރިންގ ހާލަތަށް ގެނެސްފައިވަނި ޖޫން މަހުގެ 30 ވަނަ ދުވަހުއެވެ. އަދި ހަމަ އެދުވަހުން ފެށިގެން ވަކި މުއްދަތެއް ނެތް ގޮތަށް ރަށްވަނީ ފުރަބަންދުކޮށްފައެވެ.

ޚިޔާލު ފާޅުކުރައްވާ