Follow us on
ކަރަންޓީނު ކުރެވިފައިވާ ގެތަކަށް ފަޒާ ދޯނިން ކަނޑުމަސް ހަދިޔާކޮށްފި
| އިބްރާހިމް ރަފްހާން

ކޯވިޑް 19 އާއި ގުޅިގެން ރ. މީދޫގައި ކަރަންޓީނު ކުރެވިފައިވާ ގެތަކަށް ފަޒާ ދޯނިން ކަނޑުމަސް ހަދިޔާކޮށްފިއެވެ.

ފަޒާ ދޯންޏަކީ ރ. މީދޫގައި މަސްވެރިކަން ކުރާ މަދު ދޯނިތަކުގެ ތެރެއިން ދޯންޏެކެވެ. މި ދޯނީގެ ފަރާތުން ކަރަންޓީނުކުރެވިފައިވާ ގެތަކަށް ަމސް ހަދިޔާކުރުމުން ކައުންސިލްގެ ފަރާތުންވަނީ އެ ދޯނީގެ ވެރިންނަށާއި ފަޅުވެރިންނަށް ޝުކުރު އަދާކޮށްފައެވެ.

ރ. މީދޫ ކައުންސިލުން މިއަދު ނެރެފައިވާ މަޢުލޫމާތަށް ބަލާއިރު މުޅި ގޭ އެއްކޮށް ކަރަންޓީނު ކުރެވިފައިވާ ގެތަކުގެ އަދަދަކީ 30 އެވެ.

މީގެ ކުރިންވެސް ކ. ހުރާ ދޯންޏަކުން އަދި ރ. މަޑުއްވަރީ ދޯންޏަކުންވެސް ވަނީ ރ. މީދޫގެ ގެތަކަށް ކަނޑުމަސް ހަދިޔާކޮށްފައެވެ. އަދި ހެޔޮ އެދޭ ފަރާތަކުންވަނީ މުޅި ގޭ އެއްކޮށް ކަރަންޓީނު ކުރެވިފައިވާ ގެތަކަށް ކުކުޅު ހަދިޔާކޮށްފައެވެ.

ޚިޔާލު ފާޅުކުރައްވާ