Follow us on
ކަރަންޓީނު އުސޫލާ ޚިލާފުވި ބިދޭސީއެއް 11،000 އިން ޖޫރިމަނާކޮށްފި، ކޯވިޑަށް ފައްސި!
| އިބްރާހިމް ރަފްހާން

ރ. މީދޫގައި ކަރަންޓީނުގެ އުސޫލުތަކާއި ޚިލާފަށް ބޭރުތެރޭގައި އުޅުނު ބިދޭސީއެއް 11،000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

އުސޫލުތަކާއި ޚިލާފަށް ބޭރުތެރޭގައި އުޅުނު ބިދޭސީ މީހާގެ ނަތީޖާ ރޭގައި ލިބުނުއިރު ކޯވިޑަށް ފައްސިވެފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.

ބިދޭސީ މީހާ ޖޫރިމަނާކޮށްފައިވަނީ ކަރަންޓީނު އުސޫލުތަކާއި ޚިލާފުވުމުން 10،000 ރުފިޔާއިންނާއި މާސްކު ނާޅާ އުޅުމުން 1000 ރުފިޔާއިންނެވެ.

މި ހަފްތާގެ ހޯމަ ދުވަހުވެސް ކަރަންޓީނުގެ އުސޫލުތަކާއި ޚިލާފަށް ބޭރުތެރޭގައި އުޅުނު މީހަކު ފުލުހުންވަނީ 10،000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.

ރ. މީދޫގައި ކޯވިޑް ފެތުރެމުންދާއިރު މިވަގުތު ކޯވިޑް އެކްޓިވް ކޭސްގެ ގޮތުގައި 54 މީހެއް އެބަތިއްބެވެ.

ޚިޔާލު ފާޅުކުރައްވާ