Follow us on
3 ދުވަހުގެ 135 ސާމްޕަލްގެ ނަތީޖާ ލިބިއްޖެ، 17 މީހުން ފައްސި!
| އިބްރާހިމް ރަފްހާން

ޖުލައި 9، 10 އަދި 11 ވަނަ ދުވަހު ރ. މީދޫއިން ނެގި 135 ސާމްޕަލްގެ ނަތީޖާ ލިބިއްޖެއެވެ.

މި ތިން ދުވަހުގެ މަތިން ރ. މީދޫއިން ކޯވިޑަށް ފައްސިވެފައިވަނީ 18 މީހުންނެވެ. އެންމެ ގިނަ މީހުން ފައްސިވެފައިވަނީ ޖުލައި 9 ވަނަ ދުވަހު ނެގި ސާމްޕަލްތަކުންނެވެ. އެގޮތުން އެދުވަހު ނެގި 48 ސާމްޕަލްގެ ތެރެއިން 11 ސާމްޕަލްއެއްވަނީ ފައްސިވެފައެވެ.

އޭގެ ތެރޭގައި ހިމެނެނީ ކޮންޓެކްޓް ޓްރޭސިންގގެ ތެރެއިން ފާހަގަކުރެވުނު 11 ފަރާތަކާއި ޑައިރެކްޓް ކޮންޓެކްޓް ރިލީޒް ސާމްޕަލް ނެގި ފަރާތެކެވެ.

10 ޖުލައިގައި ނެގި 46 ސާމްޕަލްގެ ތެރެއިން ފައްސިވެފައިވަނީ ކޮންޓެކްޓް ޓްރޭސިންގގެ 3 ސާމްޕަލްއަކާއި ފުލޫ 1 ސާމްޕަލްއެވެ. އެދުވަހު ގިނައިން ނަގާފައިވަނީ ހޯމް ކަރަންޓީނުން ދޫކޮށްލުމަށް ނެގި ސާމްޕަލްތަކެވެ. އެގޮތުން ހޯމް ކަރަންޓީނުން ދޫކޮށްލުމަށް 37 ސާމްޕަލް ނަގާފައިވާއިރު އެހުރިހާ ސާމްޕަލްއެއް ވަނީ ނައްސިވެފައިއެވެ.

11 ޖުލައިގައި ނެގި 41 ސާމްޕަލްގެ ތެރެއިން ފައްސިވެފައިވަނީ 2 ސާމްޕަލްއެވެ. އެއީ ކޮންޓެކްޓް ޓްރޭސިންގ ސާމްޕަލްއަކާއި ޑައިރެކްޓް ކޮންޓެކްޓް ރިލީޒް ސާމްޕަލްއެކެވެ. 11 ޖުލައިގައި ޑައިރެކްޓް ކޮންޓެކްޓް ރިލީޒް ސާމްޕަލްގެ ގޮތުގައި 33 ސާމްޕަލްއެއް ނަގާފައިވާއިރު 1 ސާމްޕަލް ފިޔަވާ ހުރިހާ ސާމްޕަލްއެއް ވަނީ ނައްސިވެފައެވެ.

 

ޚިޔާލު ފާޅުކުރައްވާ