Follow us on
ވެކްސިން ފުރިހަމަކޮށްފައި ވާނަމަ މޮނިޓަރިންގ ގައި އޮންނަ ރަށްރަށަށް ‘ހާއްސަ ކަންކަމުގައި’ ކަރަންޓީނު ނުވެ ދެވޭނެ!
| އިބްރާހިމް ރަފްހާން

ކޯވިޑް 19 އާއި ގުޅިގެން މޮނިޓަރިންގ ހާލަތުގައި އޮންނަ ރަށްރަށްވެސް ކޯވިޑް 19 ވެކްސިން 2 ޑޯޒް ފުރިހަމަކޮށް 14 ދުވަސް ވެފައިވާ ފަރާތްތަކަށް ކަރަންޓީނުވުމާއި ނުލާ ދަތުރު ކުރެވޭނެކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އަންގައިފިއެވެ.

އެޗް.ޕީ.އޭއިން ފޮނުވާފައިވާ ސާކިއުލަރ އެއްގައި ބުނެފައިވަނީ މޮނިޓަރިންގައި އޮންނަ ރަށްރަށަށް ދަތުރު ކުރެވޭނީ ކަނޑައަޅާފައިވާ ‘ހާއްސަ ކަންކަމުގައި’ ކަމަށެވެ. އަދި މިގޮތަށް އަންނަ ފަރާތްތަކުން 72 ގަޑިއިރު ނުވާ ޕީ.ސީ.އާރު ޓެސްޓުގެ ނެގެޓިވް ނަތީޖާއެއް އޮންނަން ވާނެކަމަށްވެސް އެ ސާކިއުލަރގައި ބުނެފައިވެއެވެ.

މީގެ އިތުރުން، އެކުގައި ދަތުރު ކުރާ ވެކްސިން ނުޖެހޭ އުމުރުގެ ކުދިންވެސް 72 ގަޑިއިރު ނުވާ ޕީ.ސީ.އާރު ނެގެޓިވް ނަތީޖާއެއް އޮވެއްޖެ ކަރަންޓީނުވާން ނުޖެހޭނަކަމަށް އެ ސާކިއުލަރގައި ބުނެފައިވެއެވެ.

 

ޚިޔާލު ފާޅުކުރައްވާ