Follow us on
ޖުލައި 9 ގައި ރ. މީދޫއިން ނެގި ސާމްޕަލްތަކުގެ ނަތީޖާ އަދިވެސް ނުލިބޭ!
| އިބްރާހިމް ރަފްހާން

ރ. މީދޫއިން ޖުލައި 9 ވަނަ ދުވަހު ނެގި ސާމްޕަލްތަކުގެ ނަތީޖާ އަދިވެސް ލިބިފައިނުވާ ކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.

މީދޫ ސިއްޙީ މަރުކަޒުން އާއްމުކޮށްފައިވާ ގޮތުގައި ޖުލައި 9 ވަނަ ދުވަހު މީދޫއިން ވަނީ ޖުމްލަ 48 ސާމްޕަލްއެއް ނަގާފައެވެ. މީގެ ތެރެއިން 30 ސާމްޕަލްއަކީ ކޯވިޑަށް ފައްސިވި ފަރާތްތަކާއި ގާތުން ބައްދަލުވި މީހުންގެ ސާމްޕަލްއެވެ.

9 ވަނަ ދުވަހު ނެގި ސާމްޕަލްތަކުގެ ނަތީޖާ ލިބުން ލަސްވެފައިވާތީ އާއްމުންގެ ތެރެއިން ގިނަ ބަޔަކު، ހާއްސަކޮށް ސާމްޕަލް ނަގާފައިވާ ފަރާތްތަކުން އަންނަނީ ކަންބޮޑުވުންފާޅު ކުރަމުންނެވެ.

މީގެ އިތުރުން ސާމްޕަލްގެ ނަތީޖާ ލިބުން ލަސްވެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފްވެސް ވަނީ ކަންބޮޑުވުން ފާޅުުކުރައްވާފައެވެ.

ރ. މީދޫއިން ނަގާ ސާމްޕަލްތައްވެސް ޓެސްޓު ކުރުމަށް ފޮނުވަނީ މާލެކަން ފާހަގަކޮށްލެވެއެވެ.

ޚިޔާލު ފާޅުކުރައްވާ