Follow us on
ރ. މީދޫގައި ކަރަންޓީނުގެ އުސޫލުތަކާއި ޚިލާފުވި މީހަކު 10،000 ރުފިޔާއިން ޖޫރިމަނާކޮށްފި
| އިބްރާހިމް ރަފްހާން

ރ. މީދޫގައި ކޯވިޑް 19 ގެ ކަރަންޓީނު އުސޫލާއި ޚިލާފުވި މީހަކު 10،000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

މީދޫ ޓައިމްސްއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޖޫރިމަނާ ކުރި ފަރާތަކީ ރ. މީދޫއިން ފައްސިވި ފަރާތަކާއި ގާތުން ބައްދަލުވެ އެކަހެރިވުމަށް އެންގުމުންވެސް އުސޫލާއި ޚިލާފުވެފައިވާ ފަރާތެކެވެ.

މި ފަދަ މައްސަލަތަކުގައި ޖޫރިމަނާ ކުރާ އެންމެ ދަށް އަދަދަކީވެސް 10،000 ރުފިޔާކަން ފާހަގަކޮށްލެވެއެވެ.

މިއީ ރ. މީދޫގައި މިފަދަ މައްސަލައަކާއި ގުޅިގެން މިހާ ބޮޑު އަދަދަކުން މީހަކު ޖޫރިމަނާކުރި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ޚިޔާލު ފާޅުކުރައްވާ