Follow us on
ރ. މީދޫއިން ކޯވިޑު ޖެހުނު 5 މީހަކު ބަލިން ރަނގަޅުވެ ދޫކޮށްލައިފި
| އިބްރާހިމް ރަފްހާން

ޖޫން މަހުގެ 30 ވަނަ ދުވަހު ރ. މީދޫއިން ކޯވިޑަށް ފައްސިވި 5 މީހުން ބަލިން ރަނގަޅުވެ ދޫކޮށްލައިފިއެވެ.

އެ ދުވަހު ފައްސިވި 5 މީހުންގެ ތެރެއިން 4 މީހުންނަކީ ހުމުގެ ޢަލާމާތްތައް ހުރުމުގެ ސަބަބުން ޓެސްޓުކުރި ހަޒާރު ބޯޓުގެ 4 ފަޅުވެރިންނެވެ. ދެން ފައްސިވި ފަރާތަކީ ހޯމް ކަރަންޓީނުގެ މުއްދަތު ފުރިހަމަކޮށް ޓެސްޓުކުރި ފަރާތެކެވެ.

ޖޫން 30 ގައި ފައްސިވި ކަރަންޓީނުގައި ނެތް 4 މީހުން ފައްސިވުމާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގ އިންނާއި ފުލޫ ސާމްޕަލްގެ ގޮތުގައި ޓެސްޓުކުރި މީހުންގެ ތެރެއިން 51 މީހަކު ވަނީ ކޯވިޑަށް ފައްސިވެފައެވެ.

ޮއެ ދުވަހުން ފެށިގެން ރަށް މޮނިޓަރިންގ ހާލަތަށްލާ މުއްދަތެއް ނެތް ގޮތަށް ރަށް ވަނީ ފުރަބަންދުވެސް ކޮށްފައެވެ.

ޚިޔާލު ފާޅުކުރައްވާ