Follow us on
ރ. މީދޫއިން އިތުރު 3 މީހަކު ކޯވިޑަށް ފައްސިވެ، އެކްޓިވް ކޭސް 50 އަށް!
| އިބްރާހިމް ރަފްހާން

ރ. މީދޫއިން އިތުރު ތިން މީހަކު ކޯވިޑް 19 އަށް ފައްސިވެއްޖެއެވެ.

ރ. މީދޫ ސިއްޙީ މަރުކަޒުން މަޢުލޫމާތު ދިން ގޮތުގައި ފައްސިވެފައިވަނީ ފުލޫ ސާމްޕަލްގެ ގޮތުގައި ޓެސްޓުކުރި 2 ފަރާތަކާއި ޑައިރެކްޓް ކޮންޓެކްޓްވެ ހުމުގެ ޢަލާމާތްތައް ހުރުމުގެ ސަބަބުން ޓެސްޓުކުރި ފަރާތެއްކަމަށެވެ.

މިއަދު ހަވީރު ފައްސިވި 3 މީހުންނާއެކު ރ. މީދޫގެ އެކްޓިވް ކޭސްގެ އަދަދު ވަނީ 50 އަށް އަރާފައެވެ.

ރ. މީދޫއިން ކޯވިޑްގެ ކޭސްތަކެއް ފެނި ރަށް މޮނިޓަރިންގއަށްލާ ރަށް ފުރަބަންދުކޮށްފައިވަނީ ޖޫން މަހުގެ 30 ގައެވެ. އެ ދުވަހު ފައްސިވެފައިވަނީ ހުމުގެ ޢަލާމާތްތައް ހުރެގެން ޓެސްޓުކުރި ހަޒާރު ބޯޓުގެ 4 ފަޅުވެރިއެކެވެ.

 

ޚިޔާލު ފާޅުކުރައްވާ