Follow us on
ރ. މީދޫގެ އެކްޓިވް ކޭސްގެ އަދަދު 47 އަށް!
| އިބްރާހިމް ރަފްހާން

ރ. މީދޫގައި ކޯވިޑް 19 ގެ އެކްޓިވް ކޭސްގެ އަދަދު 47 އަށް އަރައިފިއެވެ.

މީދޫ ސިއްޙީ މަރުކަޒުން އެންމެ ފަހުން އާއްމުކޮށްފައިވާ މަޢުލޫމާތުގައިވާ ގޮތުން ޖުލައި 7 އަދި 8 ގައި ނެގި 36 ސާމްޕަލްގެ ތެރެއިން 23 ސާމްޕަލްގެ ނަތީޖާ ވަނީ ލިބިފައެވެ.

މީގެ ތެރެއިން 19 ސާމްޕަލް ކޯވިޑަށް ނައްސިވެފައިވާއިރު 4 މީހެއްގެ ސާމްޕަލް ވަނީ ކޯވިޑަށް ފައްސިވެފައެވެ. އެ ދެ ދުވަހު ނެގި ސާމްޕަލްތަކުގެ ތެރެއިން 13 ސާމްޕަލްއެއްގެ ނަތީޖާއެއް ނުލިބެއެވެ.

ރ. މީދޫއިން ކޯވިޑްގެ ކޭސްތަކެއް ފެނި ވަކި މުއްދަތެއް ނެތް ގޮތަށް ރަށް ފުރަބަންދުކޮށްފައިވާއިރު ކޮންމެ ދުވަހަކުވެސް މީހުން ފައްސިވަމުންދާކަން ފާހަގަކޮށްލެވެއެވެ.

ޚިޔާލު ފާޅުކުރައްވާ