Follow us on
ސާމްޕަލްތައް މާލެ ނުފޮނުވޭތީ މިއަދު އެއްވެސް ނަތީޖާއެއް ނުލިބޭނެ!
| އިބްރާހިމް ރަފްހާން

ޖުލައި 7 ވަނަ ދުވަހު ނެގި ސާމްޕަލްތައް ޓެސްޓުކުރުމަށް އިއްޔެ މާލެ ފޮނުވާލެވިފައިނުވާތީ، މިއަދު އެއްވެސް ނަތީޖާ އެއް ނުލިބޭނެކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.

7 ވަނަ ދުވަހު ނެގި 22 ސާމްޕަލް އިއްޔެ އުނގޫފާރަށް ފޮނުވާލިކަމަށް ރ. މީދޫ ސިއްޙީ މަރުކަޒުން ވަނީ މަޢުލޫމާތުދީފައެވެ. އެހެންނަމަވެސް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ބުނީ، ސާމްޕަލްތައް އިއްޔެ މާލެ ފޮނުވާލެވިފައިނުވާކަމަށާއި ފޮނުވާނުލެވުނީ އިފުރު އެއާޕޯޓުންވެސް އަދި ކުޑަފުށި ރިޒޯޓުންވެސް އެއްވެސް ފްލައިޓެއް މާލެއަށް ދަތުރުކުރާ ގޮތަށް ޝެޑިއުލްކޮށްފައި ނެތުމުންކަމަށެވެ.

މާލެ ފޮނުވާލެވިފައިނުވާ ސާމްޕަލްތައް މިއަދު މެންދުރު 14:45 އަށް ޝެޑިއުލްކޮށްފައިވާ ފްލައިޓަކުން މާލެ ފޮނުވާލުމަށް ތައްޔާރުވަމުންދާ ކަމަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން މަޢުލޫމާތުދެއެވެ.

އަތޮޅުގެ ރަށްތަކުން ނަގާ ސާމްޕަލްތައް އުނގޫފާރަށް ފޮނުވުމުން ސާމްޕަލްތައް މާލެ ފޮނުވުމުގެ މަސައްކަތް ކުރަމުން ގެންދަނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުންނެވެ.

ރ. މީދޫގައި މިހާރު ކޯވިޑް ފެތުރެމުންދާއިރު އިއްޔެއާއި ހަމައަށް 43 މީހަކު ވަނީ ކޯވިޑަށް ފައްސިވެފައެވެ. އަދި ފައްސިވި ފަރާތްތަކާއި ގާތުން ބައްދަލުވި 280 އަށްވުރެ ގިނަ މީހުން އެކަހެރިކުރެވިފައިވާކަން ފާހަގަކޮށްލެވެއެވެ.

 

ޚިޔާލު ފާޅުކުރައްވާ