Follow us on
ޕޮޒިޓިވް ކޭސްތަކާއި ގުޅިގެން ރ. މީދޫއިން 280 މީހަކު އެކަހެރިކޮށްފި
| އިބްރާހިމް ރަފްހާން

ރ. މީދޫ ގައި ހަލުވިކަމާއިއެކު ކޯވިޑް ފެތުރެމުންދާއިރު މިހާތަނަށް ފައްސިވި ކޭސްތަކާއި ގުޅިގެން ރެއާއި ހަމައަށް ރ. މީދޫއިން 280 މީހަކު އެކަހެރިކޮށްފިއެވެ.

މީގެ ތެރޭގައި ހިމެނެނީ ގާތުން ބަދަލުވެ އައިސޮލޭޓު ކުރެވިފައިވާ ފަރާތްތަކާއި ޕޮޒިޓިވް ފަރާތާއި އެއް ގެއެއްގައި ދިރިއުޅޭ ފަރާތްތަކުގެ އިތުރުން ބަލީގެ ޢަލާމާތްތައް ފެންނާތީ އެކަހެރި ކުރެވިފައިވާ ފަރާތްތަކެވެ.

ރ. މީދޫއާއި މާލެއާއި ދެމެދު ދަތުރުކުރާ ހަޒާރު ބޯޓުގެ 4 ފަޅުވެރިޔަކު ކޯވިޑަށް ފައްސިވުމާއި ގުޅިގެން ރަށް މޮނިޓަރިންގ ހާލަތަށް ގެނެސްފައިވަނީ ޖޫން މަހުގެ 30 ވަނަ ދުވަހުއެވެ. އޭގެ ފަހުން މިއަދާއި ހަމައަށް 43 މީހަކު ވަނީ ކޯވިޑަށް ފައްސިވެފައިވެއެވެ.

ރ. މީދޫގައި ހަލުވިކަމާއިއެކު ކޯވިޑް ފެތުރެމުންދާތީ ރަށް ވަނީ ވަކި މުއްދަތެއް ނެތް ގޮތަށް ފުރަބަންދުކޮށްފައެވެ. އަދި ފިހާރަތައް ބަންދުކޮށް ހަމައެކަނި ޑެލިވަރީގެ ހިދުމަތް ދޭ ގޮތަށް ހަދާފައިވާއިރު މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދު ކުރަމުންދަނީ ގައިދުރުކަން ބަހައްޓައިގެންނެވެ.

މިއަދު އެކަނިވެސް މީދޫއިން 10 މީހުން ފައްސިވެފައިވާއިރު ރަށުގެ ޙާލަތު ރަނގަޅު ނޫންކަން ފާހަގަކޮށްލެވެއެވެ.

 

ޚިޔާލު ފާޅުކުރައްވާ