Follow us on
ރ. މީދޫއިން އިތުރު 10 މީހަކު ކޯވިޑަށް ފައްސިވެއްޖެ
| އިބްރާހިމް ރަފްހާން

ރ. މީދޫއިން އިތުރު 10 މީހަކު ކޯވިޑަށް ފައްސިވެއްޖެއެވެ.

މިއަދު މިހާތަނަށް 21 ސާމްޕަލްއެއްގެ ނަތީޖާ ލިބިފައިވާއިރު އޭގެ ތެރެއިން 10 މީހުން ފައްސިވެ 11 މީހަކު ވަނީ ކޯވިޑަށް ނައްސިވެފައިއެވެ.

މިއަދު ފައްސިވި 10 މީހުންގެ ތެރޭގައި ހިމެނެނީ، ޑައިރެކްޓް ކޮންޓެކްޓްވި 2 މީހަކާއި ޑަރެކްޓް ކޮންޓެކްޓްވެ ޢަލާމާތްތައް ހުރި 6 މީހުންނާއި ފުލޫ ސާމްޕަލްގެ ގޮތުގައި ޓެސްޓުކުރި 2 މީހެކެވެ.

މި ސާމްޕަލްތަކުގެ ނަތީޖާއަކީ މިއަދަށް ލިބެން ހުރި ނަތީޖާތައް ކަން ފާހަގަކޮށްލެވެއެވެ.

މިއަދު ފައްސިވި މީހުންނާއެކި މީދޫގެ އެކްޓިވް ކޭސްގެ އަދަދަކީ 43 އެވެ.

ޚިޔާލު ފާޅުކުރައްވާ