Follow us on
މިއަދު ނަތީޖާ ލިބުނު 42 ސާމްޕަލްގެ ތެރެއިން ފައްސިވީ 7 މީހުން، 35 ސާމްޕަލް ނައްސި!
| އިބްރާހިމް ރަފްހާން

ރ. މީދޫއިން މިއަދު ކޯވިޑަށް ފައްސިވެފައިވަނީ ޖުމްލަ 7 މީހެކެވެ.

މިއަދަށް ލިބެން ހުރި ހުރިހާ ސާމްޕަލްއެއްގެ ނަތީޖާ މިހާރު ލިބިފައިވާއިރު 7 މީހުން ފައްސިވިއިރު 35 މީހެއްގެ ސާމްޕަލްވަނީ ނައްސިވެފައެވެ.

މިގޮތުން ފައްސިވެފައިވަނީ ޑައިރެކްޓް ކޮންޓެކްޓްގެ ގޮތުގައި ފާހަގަ ކުރެވުނު 5 މީހަކާއި ފުލޫ 2 ސާމްޕަލްއެވެ.

ކޯވިޑަށް ނައްސިވި 35 ސާމްޕަލްގެ ތެރޭގައި ހިމެނެނީ ކޮންޓެކްޓުންގެ ގޮތުގައި ފާހަގަ ކުރެވުނު 26 ފަރާތަކާއި ރެންޑަމްކޮށް ސާމްޕަލް ނެގުނު 9 ފަރާތެކެވެ.

ޖުލައި 5 ގައި ނެގި 49 ސާމްޕަލްގެ ތެރެއިން މިހާރު ނަތީޖާ ނުލިބި ވަނީ 7 ސާމްޕަލްއެވެ.

މިއަދު ފައްސިވި 7 މީހުންނާއިއެކު މީދޫގެ އެކްޓިވް ކޭސްގެ އަދަދަކީ 33 އެވެ.

 

ނޯޓު: މިއަދު ފައްސިވި 7 މީހުންގެ ތެރެއިން 5 މީހަކު ފައްސިވި ޚަބަރު މިއަދު ކުރިން ވާނީ ގެނެސްދެވިފައެވެ. އޭގެ ފަހުން އަލަށް ފައްސިވެފައިވަނީ އިތުރު ދެ މީހެކެވެ. 

ޚިޔާލު ފާޅުކުރައްވާ