Follow us on
މިހާތަނަށް ރ. މީދޫއިން ކޯވިޑަށް ފައްސިވި އެންމެންގެ ހާލުވެސް ރަނގަޅު
| އިބްރާހިމް ރަފްހާން

ރ. މީދޫއިން ކޯވިޑް 19 އަށް ފައްސިވި އެންމެންގެ ހާލުވެސް ރަނގަޅުކަމަށް މީދޫ ސިއްޙީ މަރުކަޒުން ބުނެފިއެވެ.

މީދޫ ސިއްޙީ މަރުކަޒުން އަންނަނީ ފައްސިވި ފަރާތްތަކުގެ ޙާލަތު ގާތުން ބަލަމުންނެވެ. އަދި އެ ފަރާތްތަކަށް ބޭނުންވާ ސިއްޙީ އެހީތެރިކަންވެސް ސިއްޙީ މަރުކަޒުން އަންނަނީ ފޯރުކޮށްދެމުންނެވެ.

ރ. މީދޫގައި މިހާރު ހަލުވިކަމާއެކު ކޯވިޑް ފެތުރެމުންދާއިރު ކޯވިޑަށް ފައްސިވެފައިވާ 33 މީހުން މިވަގުތު މީދޫގައި އެބަތިއްބެވެ. މީގެ ތެރޭގައި ހިމެނެނީ ފުލޫ ސާމްޕަލްގެ ގޮތުގައި ޓެސްޓުކުރި މީހުންނާއި ފައްސިވި ފަރާތްތަކާއި ގާތުން ބައްދަލުވެފަ ތިބި ފަރާތްތަކެވެ.

ރ. މީދޫގައި ކޯވިޑް ފެތުރެމުންދާތީ، ރަށް މޮނިޓަރިންގ ހާލަތަށް ގެނެސްފައިވާއިރު ވަކި މުއްދަތެއް ނެތް ގޮތަށް ރަށް ވަނީ ފުރަބަންދުކޮށްފައެވެ. މީގެ އިތުރުން ފިހާރަތައްވެސް ބަންދުކޮށްފައިވާއިރު ފިހާރަތަކުން ދެމުން އަންނަނީ ޑެލިވަރީގެ ޙިދުމަތެވެ.

މިއީ ރާއްޖޭގައި ކޯވިޑް ފެތުރެން ފެށި ފަހުން ރ. މީދޫއިން މިހާ ގިނަ ބަޔަކު ކޯވިޑަށް ފައްސިވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ޚިޔާލު ފާޅުކުރައްވާ