Girl in a jacket
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި
  • ދީން
  • ރިޕޯޓް
  • މުނިފޫހިފިލުވުން
24 ޖެނުއަރީ 2021, އާދިއްތަ
Girl in a jacket

ފަހުގެ ލިޔުންތައް

އާރަށް ރިޒޯޓުގެ މުވައްޒަފެއް ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެ

އާރަށް ރިޒޯޓުން އިތުރު ތިން މުވައްޒަފަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެ

އާރަށް ރިޒޯޓުގެ މުވައްޒަފެއް ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެ

އާރަށް ރިޒޯޓުގެ މުވައްޒަފެއް ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެ

24 ޖެނުއަރީ 2021
ޖޯލި މޯލްޑިވްސްގައި ވަޒީފާގެ ފުރުސަތުތަކެއް!

ޖޯލި މޯލްޑިވްސްގައި ވަޒީފާގެ ފުރުސަތުތަކެއް!

ފޮޓޯއިން: ރ. މީދޫ ޓާރފް ދަނޑުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް!

ފޮޓޯއިން: ރ. މީދޫ ޓާރފް ދަނޑުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް!

ރ. ރަސްމާދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޯވިޑަށް ފައްސިވެއްޖެ

ސްކޫލް ކިޔެވުން ފެށޭ ގަޑިއާއި ނިމޭ ގަޑީގައި ރ. މީދޫގެ ބައެއް މަގުތައް ބަންދުކުރަނީ

ގިނަ ދުވަސްތަކަކަށްފަހު ޖަމްޢިއްޔަތުއް ސަލަފްގެ މިސްކިތު ދަރުސްތައް ފަށައިފި

ގިނަ ދުވަސްތަކަކަށްފަހު ޖަމްޢިއްޔަތުއް ސަލަފްގެ މިސްކިތު ދަރުސްތައް ފަށައިފި

ޚަބަރު, ވިޔަފާރި

ޒާރާއަށް ލިޓަސްގެ ހުށައެޅުން – އާންމުންގެ ތައުރީފު ލިޓަސް އަށް!!

އިބްރާހިމް ރަފްހާންއިބްރާހިމް ރަފްހާން
ޒާރާއަށް ލިޓަސްގެ ހުށައެޅުން – އާންމުންގެ ތައުރީފު ލިޓަސް އަށް!!

މިއަދު ހެނދުނުގެ އިރު އަރައިގެން އައީ އާންމުންގެ ބޮޑު ޝައުގުވެރިކަމެއް ގެނުވި ހާދިސާއަކާއެކުގައެވެ.

މާލޭގައި ވަރަށް ހާލުގައި އުޅެމުންދާ ނޭޕާލް ދެމައިންނަށް އެހީވުމަށް އާންމު ރައްޔިތަކު ކުރަމުންއައި މަސައްކަތް މީސްމީޑިޔާގައި ހިއްސާކޮށްލި ހަބަރާއެކު މުޅި މީސްމީޑިޔާގެ ސަމާލުކަން މި ހާދިސާއަށް ދަމައިގަތެވެ.

ހަސަން ޒަކީ ނަމަކަށް ކިޔާ މިޒުވާނާ ހިއްސާކޮށްފައިވާގޮތުން ޒާރާ (ނޭޕާލް ރައްޔިތެއް) ދިވެއްސަކާ ކައިވެނިކުރީ 2011ވަނަ އަހަރުއެވެ. އަދި މިކައިވެންޏަށް ލިބުނު ދަރިފުޅު މުސްކާން ގެ އުމުރުން އަހަރުނުވަނީސް މުސްކާންގެ ބައްޕަ ޒާރާ ވަރިކުރިއެވެ. އެހިސާބުން ފެށިގެން ޒާރާ މުސްކާން ގޮވައިގެން މާލޭގެ ހަލަބޮލި ސިޓީގައި ދުވަސްތައް ކަޑައްތުކުރަމުން އައިސް މުސްކާން ބޮޑުވެ ސުކޫލަށް ދާ އުމުރުއައުމުން ޒާރާ އިހުތިޔާރުކުރީ ބައިސްކަލެއްގަނެ މުސްކާން ގޮވައިގެން ސުކޫލަށް ދަތުރުތައްކުރާށެވެ.

އެހެންނަމަވެސް ދަރިފުޅު ބޮޑުވެ ބައިސްކަލްގައި ދަރިފުޅު ގޮވައިގެން ތަންތަނަށް ދެވެން ނެތް ވާހަކައާއެކު ހަސަން ޒަކީ ސޯޝަލް މީޑިޔާގައި ހިއްސާކުރީ ޒާރާއަށް ސައިކަލެއް ގަނެދޭން އާންމުންގެ އެހީތެރިކަމަށް އެދިއެވެ.

މިއާއެކު މި ޕޯސްޓް މީސް މީޑިޔާގައި ފެތުރިގެންދިޔައެވެ. މީގެ ތެރެއިންވެސް އާންމުންގެ ސަމާލުކަން އެންމެ ބޮޑަށް ހުއްޓުނީ މާލޭގައި ސައިކަލުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ލިޓަސް އޮޓޯމޮބައިލްސް އިން ޒާރާއާއި ބައްދަލުކުރުމަށް ބޭނުންވާކަމަށްބުނެ އާންމުންގެ އެހީތެރިކަމަށް އެދުނު ހިސާބުންނެވެ. ލިޓަސް އިން އެދުނީ ޒާރާ އާއި ބައްދަލުކުރެވޭނެގޮތް ހަދައިދިނުމަށެވެ.  ޒާރާ އުފާވާނެކަހަލަ ޚަބަރެއް އޭނާއަށް އެބައޮތްކަމަށްބުނެ ލިޓަސް އިންކުރި ޕޯސްޓު އާންމުންގެ އެހީތެރިކަމާއެކު މަދު ވަގުތުކޮޅެއްގެ ތެރޭގައި ޒާރާއާއި ހަމައަށް ފޯރިއެވެ.

އޭގެކުރިން ލިޓަސް އިން އާންުމުކޮށްފައިވާގޮތުން އެކުންފުނިންވަނީ ހަސަން ޒަކީއާވެސް ބައްދަލުކޮށްފައެވެ.

ލިޓަސް އިން އެންމެ ފަހުން އާންުމުކޮށްފައިވާގޮތުން އެފަރާތުން މިހާރު ޒާރާއަށް ދޭން އޮތް އުފާވެރި ހަބަރު އޭނާއާއި ބައްދަލުކޮށް ހިއްސާކޮށްފައިވާކަމަށެވެ. އެއަށްފަހު މިހާރު ޒާރާ އެކަމާމެދު ގޮތެއް ނިންމުމުގެ ފުރުސަތު ދީފައިވާކަމަށްވެސް ލިޓަސް އިން ބުނެފައިވެެއެވެ. އެހެންނަމަވެސް އެއީ ކޮންކަހަލަ ހަބަރެއްކަން ލިޓަސް އިން އަދި ހާމަކޮށްފައެއްނުވެއެވެ. ބެލެވޭ ގޮތުގައި އެކަން ލިޓަސް އިން އާންމުކުރާނީ ޒާރާ އެކަމާމެދު ނިންމާ ގޮތަކަށްފަހުއެވެ.

ލިޓަސް މި ހުށައެޅުމާ އަދި އެކުންފުނިން މިކަމާމެދު ބެހެއްޓި ޝައުޤުވެރިކަމާއެކު މުޅި މީސް މީޑިޔާގައި އާންމުން އަންނަނީ ލިޓަސްއަށް ވަރަށް ބޮޑަށް ތައުރީފުކުރަމުންނެވެ. މިފަދާ އިންސާނިއްޔަތާ ގުޅިފައިވާ ކަންކަމުގައި ގިނަ ވިޔަފާރިތަކަކުން ބައިވެރިވުމަށްވެސް އާންމުންވަނީ ގޮވާލާފއެވެ.

ކޮންމެއަކަސް މިހާރު އާންމުންވެސް މަޑުކޮސްގެން ހުރީ ލިޓަސް އިން ޒާރާއަށް ހުށައެޅި އުފާވެރި ހަބަރަކީ ކޮބައިތޯ ބެލުމުގެ އުއްމީދުގައެވެ.

ގުޅުންހުރި ލިޔުންތައް

އާރަށް ރިޒޯޓުގެ މުވައްޒަފެއް ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެ

އާރަށް ރިޒޯޓުން އިތުރު ތިން މުވައްޒަފަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެ

އާރަށް ރިޒޯޓުގެ މުވައްޒަފެއް ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެ

އާރަށް ރިޒޯޓުގެ މުވައްޒަފެއް ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެ

ޖޯލި މޯލްޑިވްސްގައި ވަޒީފާގެ ފުރުސަތުތަކެއް!

ޖޯލި މޯލްޑިވްސްގައި ވަޒީފާގެ ފުރުސަތުތަކެއް!

ފޮޓޯއިން: ރ. މީދޫ ޓާރފް ދަނޑުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް!

ފޮޓޯއިން: ރ. މީދޫ ޓާރފް ދަނޑުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް!

ގުޅުންހުރި ލިޔުންތައް

އާރަށް ރިޒޯޓުގެ މުވައްޒަފެއް ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެ
ޚަބަރު

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

Copyright 2020 – Meedhootimes.com | All Rights Reserved
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި
  • ދީން
  • ރިޕޯޓް
  • މުނިފޫހިފިލުވުން