Follow us on
މިއަދު މިހާތަނަށް މީދޫއިން 5 މީހަކު ކޯވިޑަށް ފައްސިވެއްޖެ
| އިބްރާހިމް ރަފްހާން

މިއަދު މިހާތަނަށް ރ. މީދޫއިން 5 މީހަކު ކޯވިޑަށް ފައްސިވެއްޖެއެވެ.

މިއަދު ލިބެމުންދަނީ ޖުލައި 5 ގައި ނެގުނު 49 ސާމްޕަލްގެ ނަތީޖާއެވެ. އެގޮތުން މިހާތަނަށް ނަތީޖާ ލިބިފައިވަނީ 8 ސާމްޕަލެއްގެއެވެ.

އޭގެ ތެރެއިން 5 ސާމްޕަލްއެއް ފައްސިވެފައިވާއިރު 3 ސާމްޕަލްއެއް ވަނީ ނައްސިވެފައެވެ. ފައްސިވެފައިވަނީ ޑައިރެކްޓް ކޮންޓެކްޓްގެ ގޮތުގައި ފާހަގަ ކުރެވުނު 4 ފަރާތަކާއި ބަލީގެ ޢަލާމާތްތައް ހުރެގެން ޓެސްޓުކުރި ފަރާތެކެވެ.

މިއަދު ފައްސިވި މީހުންނާއެކު މީދޫގެ އެކްޓިވް ކޭސްގެ އަދަދު ވަނީ 31 އަށް އަރާފައެވެ.

 

ޚިޔާލު ފާޅުކުރައްވާ