Follow us on
ރ. އިނގުރައިދޫ ޕޮލިސް ސްޓޭޝަނަށް ގެއްލުންދީ ބިއްލޫރިތައް ތަޅާލައިފި
| އިބްރާހިމް ރަފްހާން

އާއްމުންގެ މީހަކު ރ. އިނގުރައިދޫ ޕޮލިސް ސްޓޭޝަނަށް ގެއްލުންދީ އެތަނުގެ ބިއްލޫރިތައް ތަޅާލައިފިއެވެ.

މީދޫ ޓައިމްސްއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ދެބުރެއްގެ މަތިން ގަލުންނާއި ދަގަނޑު ބުރިއަކުން ސްޓޭޝަނަށް ގެއްލުންދީފައިވާއިރު މިކަމާއި ގުޅިގެން މީހަކުވަނީ ހައްޔަރުކޮށްފައެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ފަރާތަކީ އެރަށުގައި ކަރަންޓީނުގައި ހުރި މީހެއްކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ.

މި މައްސަލާގައި ކަރަންޓީނުގެ އުސޫލުތަކާއި ޚިލާފުވެފައިވާ ގެއްލުން ދިން ފަރާތްވަނީ 10،000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ފަރާތަކީ ކުރިންވެސް މަސްތުވާތަކެތީގެ ކުށުގެ ރިކޯޑު އޮންނަ ފަރާތެއްކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ޚިޔާލު ފާޅުކުރައްވާ