Follow us on
“ނަފްރަތުގެ ބިލަކީ ސެކިއުލަރ ދަޢުލަތެއް އުފައްދަން ބޭރުގެ އެހީއާއެކު ސަރުކާރުން ކުރާ ކަމެއް”
| އިބްރާހިމް ރަފްހާން

ޤާނޫނުލް އުޤޫބާތަށް ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށައަޅާފައިވާ އިސްލާހަކީ ރާއްޖޭގައި ސެކިއުލަރ ދަޢުލަތެއް އުފައްދަން ބޭރުގެ އެހީއާއިއެކު ސަރުކާރުން ކުރާ ކަމެއްކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޤާނޫނުލް އުޤޫބާތުގެ 124 ވަނަ މާއްދާގެ ގޮތުގައި ނަފްރަތު ހުއްޓުވުމުގެ ނަމުގައި ހުށައަޅާފައިވާ ބިލާއި ދެކޮޅަށް ރާއްޖޭގެ ގިނަ ދީނީ ޢިލްމުވެރިންނާއި 100 އަށްވުރެ ގިނަ ކައުންސިލްތަކުންވެސް ބަސް ބުނެފައިވާއިރު މި ބިލް ފާސް ކުރުމަށް އެމް.ޑީ.ޕީގެ މެމްބަރުން އަންނަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންކަން ފާހަގަކޮށްލެވެއެވެ.

މި ބިލާއިމެދު ޢިލްމުވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މި ބިލްގެ ސަބަބުން މުންކަރާތްތައް މަނާކުރުމަށް ހުރަސްއެޅި ދީނީ ޢިލްމުވެރިންނަށް ބޮޑެތި އުނދަގޫތަކެއް ކުރިމަތިވެގެންދާނެ ގޮތަކަށް މި ބިލް ފަރުމާކޮށްފައިވުމެވެ.

މި ބިލާއި ގުޅޭ ގޮތުން މެމްބަރު އާދަމް ޝަރީފް އިތުރަށް ވިދާޅުވީ، ފުރަތަމަ ދުވަހުން ފެށިގެންވެސް މި ބިލާއި ދެކޮޅުކަމަށާއި މި ބިލް ފާސް ކުރުމަށް ޕީ.ޕީ.އެމް ޕީ.އެން.ސީގެ އެއްވެސް މެމްބަރަކުވެސް ވޯޓު ނުދޭނެކަމަށެވެ.

މި ބިލް ފާސްކުރުމާއި ދެކޮޅަށް ވޯޓު ދިނުމަށް ރަށްރަށުގެ އާއްމު ރައްޔިތުން އަންނަނީ މަޖިލިސް މެމްބަރުންގެ އަރިހުން އެދެމުންނެވެ.

 

ޚިޔާލު ފާޅުކުރައްވާ