Follow us on
މިއަދުވެސް އެކަކު ފައްސިވެއްޖެ، 3 ސާމްޕަލްގެ ނަތީޖާ ނުލިބޭ!
| އިބްރާހިމް ރަފްހާން

މިއަދު މިހާތަނަށް ރ. މީދޫއިން އިތުރު މީހަކު ކޯވިޑް 19 އަށް ފައްސިވެއްޖެއެވެ.

މީދޫ ސިއްޙީ މަރުކަޒުން ބުނީ 3 ޖުލައި ގައި ނެގި 9 ސާމްޕަލްގެ ތެރެއިން މިހާތަނަށް 6 ސާމްޕަލްއެއްގެ ނަތީޖާ ލިބިފައިވާކަމަށެވެ. 3 ސާމްޕަލެއްގެ ނަތީޖާ އަދި ލިބިފައެއްނުވެއެވެ.

މިއަދު ފައްސިވެފައިވަނީ ޕޮޒިޓިވް ކޭސްއެއްގެ ޑައިރެކްޓް ކޮންޓެކްޓެއްގެ ގޮތުގައި ފާހަގަ ކުރެވުނު ފަރާތެކެވެ.

އަދި ނަތީޖާ ނުލިބޭ ސާމްޕަލްތަކުގެ ތެރޭގައި ހިމެނެނީ ހޯމް ކަރަންޓީނުން ދޫކުރުމަށް ނެގިފައިވާ ސާމްޕަލްއަކާއި ކޮންޓެކްޓް ޓްރޭސިންގ ސާމްޕަލްއެއްގެ އިތުރުން ފުލޫ ސާމްޕަލްއެކެވެ.

މިހާރު މީދޫގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 20 އެވެ.

ޚިޔާލު ފާޅުކުރައްވާ