Follow us on
ރ. މީދޫއިން އިތުރު 5 މީހުން ކޯވިޑް 19 އަށް ފައްސިވެއްޖެ
| އިބްރާހިމް ރަފްހާން

ރ. މީދޫއިން އިތުރު 5 މީހަކު ކޯވިޑް 19 އަށް ފައްސިވެއްޖެއެވެ.

މިއަދު ލިބިފައިވަނީ ޖުލައި 2 ވަނަ ދުވަހު ނެގުނު 9 ސާމްޕަލްއެއްގެ ނަތީޖާއެވެ. މިގޮތުން ފައްސިވެފައިވަނީ ފުލޫ 2 ސާމްޕަލްއާއި ޑައިރެކްޓް ކޮންޓެކްޓްވި 3 މީހެއްގެ ސާމްޕަލްއެވެ.

9 ސާމްޕަލްގެ ތެރެއިން ނައްސިވެފައިވަނީ ޑައިރެކްޓް ކޮންޓެކްޓްވި 1 ފަރާތެއްގެ ސާމްޕަލްއާއި ހޯމް ކަރަންޓީނުން ދޫކޮށްލުމަށް ނެގި 3 ފަރާތެއްގެ ސާމްޕަލްއެވެ.

ރ. މީދޫއިން ކޯވިޑްގެ ކޭސްތަކެއް ފެނި ރަށް މޮނިޓަރިންގ ހާލަތަށްލާފައިވާއިރު ރަށުގައި ކޯވިޑް ފެތުރިފައިވާ މިންވަރު ދެނެގަނެވިފައިނުވާތީ ރަށް އޮތީ ފުރަބަންދުކޮށްފައެވެ.

ޚިޔާލު ފާޅުކުރައްވާ