Follow us on
ރ. މީދޫއިން މިއަދު 3 މީހަކު ކޯވިޑް 19 އަށް ފައްސިވެއްޖެ
| އިބްރާހިމް ރަފްހާން

ރ. މީދޫއިން މިއަދު 3 މީހަކު ކޯވިޑް 19 އަށް ފައްސިވެއްޖެއެވެ.

މީދޫ ސިއްޙީ މަރުކަޒުން މަޢުލޫމާތު ދިން ގޮތުގައި މިއަދު ލިބިފައިވަނީ ޖުލައި 1 ވަނަ ދުވަހު ނެގި ސާމްޕަލްތަކުގެ ނަތީޖާއެވެ. މިގޮތުން މިއަދު ފައްސިވެފައިވަނީ ފުލޫ 2 ސާމްޕަލްއާއި ކޮންޓެކްޓެއްގެ ގޮތުގައި ފާހަގަކުރެވުނު ފަރާތެއްގެ ސާމްޕަލްއެވެ.

ޖުލައި 1 ވަނަ ދުވަހު ޖުމްލަ 11 ސާމްޕަލްއެއް ނަގާފައިވާއިރު 8 ސާމްޕަލްއެއް ވަނީ ނައްސިވެފައިއެވެ. ނައްސިވެފައިވަނީ ހޯމް ކަރަންޓީނުން ދޫކުރުމަށް ސާމްޕަލް ނެގި 6 މީހަކާއި ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވި 2 މީހެކެވެ.

ޚިޔާލު ފާޅުކުރައްވާ