Follow us on
ރ. މީދޫގައި ފިޔަވަޅުތައް ވަރުގަދަ ކުރަނީ، ވަކި ދުވަހެއް ނެތް ގޮތަށް ފުރަބަންދު ދަމަހައްޓައިފި
| އިބްރާހިމް ރަފްހާން

ރ. މީދޫއިން ކޯވިޑްގެ ކޭސްތައް ފެންނަ އަދަދު ގިނަވެ ރަށުގައި މިހާރު އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރުމަށް ޓާސްކްފޯހުން ނިންމައިފިއެވެ.

މިގޮތުން ހަތަރު ދުވަހަށް ރަށް ފުލް ލޮކްޑައުންކޮށްފައި އޮތް އޮތުން މުއްދަތެއް ނެތް ގޮތަށް ދެމެހެއްޓުމަށް ނިންމާފައިވާއިރު ހެނދުނު 6 – 10 އާއްމު ފަރާތްތަކަށް ހުއްދަ ހޯދައިގެން ފިހާރަތަކަށް ދެވޭ އުސޫލު ބާޠިލުކޮށް ފިހާރަތަކުން ހަމައެކަނި ޑެލިވަރީގެ ހިދުމަތް ދޭ ގޮތަށް ބަދަލު ކުރަން ވަނީ ނިންމާފައެވެ.

ރ. މީދޫއިން މިއަދު އެކަނިވެސް 6 މީހުން ކޯވިޑް 19 އަށް ފައްސިވެފައިވާއިރު ގިނަ ބައެއްގެ ކިބައިން ބަލީގެ އަލާމާތްތައް ފެންނަމުންދާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ޚިޔާލު ފާޅުކުރައްވާ