Follow us on
ބެސްޓު ބަޑީއިން ރ. މީދޫ ކައުންސިލާއި ސިއްޙީ މަރުކަޒަށް 1000 މާސްކު ހަދިޔާކޮށްފި
| އިބްރާހިމް ރަފްހާން

ބެސްޓު ބަޑީގެ ފަރާތުން ރ. މީދޫ ކައުންސިލާއި ރ. މީދޫ ސިއްޙީ މަރުކަޒަށް 1000 ފޭސް މާސްކު ހަދިޔާކޮށްފިއެވެ.

މި ދެ އިދާރާއަށް މާސްކު ހަދިޔާކޮށްފައިވަނީ ބުރާސްފަތި ދުވަހުއެވެ. ބެސްޓު ބަޑީގެ ފަރާތުން ލިބުނު މި ދީލަތި އެހީއަށް ކައުންސިލާއި ސިއްޙީ މަރުކަޒުންވަނީ ބެސްޓު ބަޑީގެ އޯނަރަށް ޝުކުރު އަދާކޮށްފައެވެ.

މާލެ އަދި ކުޅުދުއްފުށީގައި ފުޅާ ދާއިރާއެއްގައި ބެޓެރި ސައިކަލު، ރަށު ޕިކަޕު އަދި ބައިސްކަލު ފަދަ ތަކެތި ވިއްކަމުންދާ ބެސްޓު ބަޑީއަކީ މިފަދަ އެކި ކަންކަމުގައި ރަށްރަށަށް ވަރަށް އެހީތެރިވާ ވިޔަފާރިއެއްކަން ފާހަގަކޮށްލެވެއެވެ.

ޚިޔާލު ފާޅުކުރައްވާ