Follow us on
ކ. ހުރާ ‘ބީފާނު’ ދޯނިން މީދޫގެ ކޮންމެ ގެއަކަށް ކަނޑުމަސް ހަދިޔާކޮށްފި
| އިބްރާހިމް ރަފްހާން

ކ. ހުރާ ‘ބީފާނު’ ދޯނިން ރ. މީދޫގެ ކޮންމެ ގެއަކަށް ކަނޑުމަސް ހަދިޔާކޮށްފިއެވެ.

ރ. މީދޫ ކައުންސިލްގެ ނައިބު ރައީސް ޢަލީ ރަޝީދު ވިދާޅުވީ، ހުރާ މަސް ދޯނިން މީދޫއަށް ގާތްކޮށް ރަށުގެ ރައްޔިތުންނަށް މަސް ހަދިޔާކުރަން ބޭނުންވާކަމަށް އެދުމުން މަސް ބެހުމުގެ އިންތިޒާމް ކައުންސިލުން ހަމަޖައްސާފައިވާނެކަމަށާއި މަސް ހަދިޔާކުރި ދޯނީގެ އެއްމެހާ ފަރާތްތަކަށް ހިތުގެ ފުންމިނުން ޝުކުރު އަދާކުރާކަަމަށެވެ.

މީގެ އިތުރުން މަސް ބެހުމުގެ އެހީތެރިވެދެއްވާ ފަރާތްތަކަށްވެސް ޝުކުރުއަދާ ކުރާކަމަށް ކައުންސިލްގެ ނައިބު ރައީސް ވިދާޅުވިއެވެ. މީގެ ކުރިން މަޑުއްވަރީ މަސް ދޯންޏެއްގެ އެހީތެރިކަމާއިއެކު ކަރަންޓީނުކުރެވިފައިވާ ގެތަކަށްވެސް ވަނީ  މަސް ހަދިޔާކޮށްފައެވެ.

ރ. މީދޫއިން ކޯވިޑްގެ ކޭސްތަކެއް ފެނި ރަށް މޮނިޓަރިންގއަށް ލާފައިވާއިރު މި 4 ދުވަހު ރަށް ވަނީ ފުލް ލޮކްޑައުންއަކަށް ގެނެސްފައެވެ.

ޚިޔާލު ފާޅުކުރައްވާ