Follow us on
ރ. މީދޫގައި ގައިދުރުކޮށް ޖަމާޢަތުގެ ނަމާދުކުރަން ފަށައިފި
| އިބްރާހިމް ރަފްހާން

ރ. މީދޫއިން ނެގި 4 ފުލޫ ސާމްޕަލްއެއް ކޯވިޑަށް ފައްސިވެ ރަށް ނުރައްކަލަށް ހުށައެޅުމާއި ގުޅިގެން މިސްކިތްތަކުގައި ގައިދުރުކޮށް ޖަމާޢަތުގެ ނަމާދުކުރަން ފަށައިފިއެވެ.

ގައިދުރުކޮށް ޖަމާޢަތުގެ ނަމާދުކުރަން ފަށާފަައިވަނީ އިސްލާމިކް މިނިސްޓްރީން އެގޮތަށް ލަފާ ދެއްވުމާއި ގުޅިގެންނެވެ.

ރ. މީދޫއިން މިއަދު ފައްސިވެފައިވާ 4 މީހުންނަކީ މަލެ ދަތުރުކުރާ ހަޒާރު ބޯޓުގެ 4 ފަޅުވެރިންނެވެ. މި ފަރާތްތަކުގެ ކޮންޓެކްޓް ޓްރޭސިންގއަށް ރައްޔިތުންގެ ފަރާތުން އެއްބާރުލުން ލިބުން ކުޑަކަމުން ބަލި ފެތުރިފައިވާ މިންވަރު ދެނެގަނެވިފައިނުވާތީ ކުރިއަށް އޮތް 4 ދުވަހަށް މީދޫ ފުލް ލޮކްޑައުންއަކަށް ދިއުމަށް ޓާސްކްފޯސްއިން ވަނީ ނިންމާފައެވެ.

ރ. މީދޫ މިހާރު އޮތީ މޮނިޓަރިންގ ހާލަތަށްވެސް ގެނެސްފައެވެ.

 

ޚިޔާލު ފާޅުކުރައްވާ