Follow us on
މިއަދު 18:00 އިން ފެށިގެން 4 ދުވަހަށް ރ. މީދޫ ފުރަބަންދުކޮށްފި
| އިބްރާހިމް ރަފްހާން

ރ. މީދޫއިން ނެގި 4 ފްލޫ ސާމްޕަލްއެއް ކޯވިޑަށް ފައްސިވެ މިއަދު 18:00 އިން ފަށައިގެން 4 ދުވަހުގެ މުއްދަތަށް ރަށް ފުލް ލޮކްޑައުންއަކަށް ގެންނަން ނިންމައިފިއެވެ.

މީދޫ ކައުންސިލުން ދާދި ދެންމެއަކު ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، މުޅި ރަށް ފުރަބަންދު ކުރަން ނިންމާފައިވަނީ ކޮންޓެކްޓް ޓްރޭސިންގއަށް އާއްމުން އެއްބާރުލުން ދިނުމުގައި ފަސްޖެހެމުންދާތީ ކަމަށާއި ބަލި އޮތް މިންވަރު ދެނެނުގަނެވޭތީކަމަށެވެ.

މި ދުވަސްތަކުގައި އާމްދަނީ ހޯދުމުގެ މަސައްކަތްކުރާ ފަރާތްތަކުން ފުލުހުންގެ ޕޯޓަލް މެދުވެރިކޮށް ނުވަތަ ފުލުހުންގެ ނަމްބަރު 9790398 އަށް ގުޅުއްވައިގެން ހުއްދަ ހޯދުމަށް ކައުންސިލުން އެދިފަވެއެވެ.

މީގެ އިތުރުން ފުރަބަންދުގެ ދުވަސްތަކުގައި ޟަރޫރީ ކަންކަމަށް ކޮންމެހެން ގަންނަން ޖެހޭތަކެތި ގަތުމަށް ހެނދުނު 6:00 އިން 10:00 އަށް ކޮންމެ ގެއަކުން 1 ބޭފުޅަކަށް ފުލުހުންގެ ޕޯޓަލްއިން ހުއްދަ ނަގައިގެން ނިކުމެވޭނެކަމަށް އިޢުލާނުގައި ބުނެފައިވެއެވެ.

ހަމައެއާއެކު މަސްވެރިކަމާއި އާމްދަނީ ހޯދުމަށް އަދި ޟަރޫރީ ބޭނުންތަކަށް ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ކުރުމަށް ކައުންސިލްގެ ހޮޓްލައިން ނަމްބަރު 7535234 އަށް ގުޅުއްވައިގެން ހުއްދަ ހޯދުމަށް ކައުންސިލުގެ އިޢުލާނުގައި އެދިފައިވެއެވެ.

ތަފްސީލް އަންނަނީ..

ޚިޔާލު ފާޅުކުރައްވާ