Follow us on
ރ. މީދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި
| އިބްރާހިމް ރަފްހާން

ރ. މީދޫއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.

ރޭ ރ. މީދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ ނ. މާފަރަށް ނިސްބަތްވާ އުމުރުން 39 އަހަރުގެ މީހެކެވެ.

މި މީހާ ހައްޔަރުކޮށްފައިވަނީ ރޭ 12 ޖަހާއިރު މީދޫއަށް އައި ޑިންގީއަކުން މަސްތުވާތަކެތި އެތެރެކުރަން އުޅުމުގެ ތެރެއިންނެވެ.

މި މައްސަލަ މީދޫ ޕޮލިސް ސްޓޭޝަނުން އަންނަނީ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.

ޚިޔާލު ފާޅުކުރައްވާ