Follow us on
މޮނިޓަރިންގ ހާލަތުގައި ރައްޔިތުން ފަރާތުން ލިބުނު އެއްބާރުމަށް ޝުކުރު އަދާކުރަން – ނައިބު ރައީސް ޢަލީ ރަޝީދު
| އިބްރާހިމް ރަފްހާން

ކޯވިޑް 19 އާއި ގުޅިގެން ރ. މީދޫ މޮނިޓަރިންގ ހާލަތަށް ގެނެސް ބޭއްވި 20 ދުވަހު ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުމާއި އެހީތެރިކަމަށް ރ. މީދޫ ކައުންސިލްގެ ފަރާތުން ޝުކުރު އަދާކުރައްވައިފިއެވެ.

ޖޫން 2 ގައި މޮނިޓަރިންގ ހާލަތަށްލުމަށްފަހު މިއަދު މީދޫ މޮނިޓަރިންގ ހާލަތުން އަނބުރާ ނަގާފައިވާއިރު މީދޫ ޓައިމްސްއާއި ވާހަކަދައްކަވަމުން ކައުންސިލްގެ ނައިބު ޢަލީ ރަޝީދު ވިދާޅުވީ، މޮނިޓަރިންގ ހާލަތުގައި ދަތި ގޮތްތަކެއް ހުރި ނަމަވެސް ރައްޔިތުންގެ ފަރާތުން ފެނުނީ ކެތްތެރިކަންކަމަށާއި ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ނިހާޔަތަށް ޝުކުރު އަދާ ކުރާކަމަށެވެ.

“ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ޝުކުރު އަދާކުރަން. ފެނިގެން ދިޔައީ ކެތްތެރި ރައްޔިތުންތަކެއް” ނައިބު ރައީސް ޢަލީ ރަޝީދު

ޖޫން 2 ވަނަ ދުވަހު މީދޫ މޮނިޓަރިންގ ހާލަތަށް ގެނެސްފައިވަނީ ކަރަންޓީނުގައި ހުއްތާ ފައްސިވި މީހަކާއި ގާތުން ބައްދަލުވި 2 މީހަކު ފައްސިވުމާއި ގުޅިގެންނެވެ. އޭގެ ފަހުން ރ. މީދޫއިން ފައްސިވީ ޖުމްލަ 4 މީހުންނެވެ. ރ. މީދޫ މޮނިޓަރިންގ ހާލަތުން ނަގާފައިމިވަނީ ހޯމަ ދުވަހު ނެގި 104 ރެންޑަމް ސާމްޕަލްވެސް ނައްސިވުމުންނެވެ.

މިއީ ކޯވިޑާއި ގުޅިގެން މީދޫ މޮނިޓަރިންގ ހާލަތަށްލީ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ޚިޔާލު ފާޅުކުރައްވާ