Follow us on
ހޯމަ ދުވަހު ނެގި 104 ރެންޑަމް ސާމްޕަލްތަކުގެ ތެރެއިން މިހާތަނަށް ނަތީޖާ ލިބުނު 64 ސާމްޕަލް ނެގެޓިވް!
| އިބްރާހިމް ރަފްހާން

ރ. މީދޫ މޮނިޓަރިންގ ހާލަތުން ނެގުމަށް ހޯމަ ދުވަހުގެ ރަށުތެރެއިން ނެގި 104 ރެންޑަމް ސާމްޕަލްތަކުގެ ތެރެއިން މިއަދުގެ މިހާތަނަށް ނަތީޖާ ލިބުނު 64 ސާމްޕަލް ނައްސިކަމަށް މީދޫ ސިއްޙީ މަރުކަޒުން ބުނެފިއެވެ.

ރެންޑަމްކޮށް ނެގި ސާމްޕަލްތަކުގެ ނަތީޖާ މިއަދު ލިބެން ފަށާފައިވާއިރު އަދި މިހާތަނަށް 40 ސާމްޕަލްއެއްގެ ނަތީޖާ ނުލިބެއެވެ. މިރޭ ނޫނީ މާދަމާގެ ވަގުތެއްގައި މި ސާމްޕަލްތަކުގެ ނަތީޖާ ލިބޭނެކަމަށް ބެލެވެއެވެ.

ރ. މީދޫގައި ކަރަންޓީނުގައި ނެތް 2 މީހަކު ފައްސިވުމާއި ގުޅިގެން ރަށް މޮނިޓަރިންގ އަށް ލާފައިވަނީ 2 ޖޫންގައެވެ. އޭގެ ފަހުން ރ. މީދޫއިން ނެގި 59 ރެންޑަމް ސާމްޕަލްތަކުގެ ތެރެއިން 1 ފައްސިވި އިރު އެ ފަރާތާއި ގާތުން ބައްދަލުވި އިތުރު މީހަކު ވަނީ ކޯވިޑަށް ފައްސިވެފައެވެ. އަދި އެ ގޭގައި ދިރިއުޅޭ އިތުރު ދެ މީހަކުވެސް ކޯވިޑަށް ފައްސިވެފައިވާކަން ފާހަގަކޮށްލެވެއެވެ.

ޚިޔާލު ފާޅުކުރައްވާ