Follow us on
ރ. މީދޫ މޮނިޓަރިންގ ހާލަތުން ނަގައިފި
| އިބްރާހިމް ރަފްހާން

ކޯވިޑް 19 އާއި ގުޅިގެން ރ. މީދޫއަށް އަރާ ފޭބުން މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސްފިއެވެ.

ކަރަންޓީނުގައި ނެތް 2 މީހަކު ކޯވިޑަށް ފައްސިވުމާއި ގުޅިގެން މީދޫ މޮނިޓަރިންގ ހާލަތަށް ގެނެސްފައިވަނީ 2 ޖޫންގައެވެ. އޭރު ފައްސިވި ދެ މީހުންނަކީ ކަރަންޓީނުގައި ހުއްޓާ ފައްސިވި ފަރާތަކާއި ގާތުން ބައްދަލުވި ދެ މީހުންނެވެ.

އޭގެ ފަހުން ރ. މީދޫއިން ނެގި 59 ރެންޑަމް ސާމްޕަލްތަކުގެ 1 ސާމްޕަލް ވަނީ ކޯވިޑަށް ފައްސިވެފައެވެ. ރެންޑަމް ސާމްޕަލްތަކުގެ ތެރެއިން ފައްސިވި ފަރާތާއި ގާތުން ބައްދަލުވި މީހެއްގެ ކިބައިން ކޯވިޑްގެ އަލާމާތްތައް ފެންނާތީ ނެގި ސާމްޕަލްއެއްވެސް ވަނީ ކޯވިޑަށް ފައްސިވެފައެވެ. އަދި އޭގެ ފަހުން އެގޭގައި ދިރިއުޅޭ އިތުރު 2 މީހަކު ކޯވިޑަށް ފައްސިވެފައިވެއެވެ.

ރ. މީދޫ މޮނިޓަރިންގ ހާލަތުން ނަގާފައި މިވަނީ 104 ސާމްޕަލްއެއް ނަގާ ހުރިހާ ސާމްޕަލްއެއް ނައްސިވުމުންނެވެ.

ޚިޔާލު ފާޅުކުރައްވާ