Follow us on
104 ކައުންސިލަކުން ‘ސެކިއުލަރ ބިލް’ އާއި ދެކޮޅުކަން ހާމަކޮށްފި
| އިބްރާހިމް ރަފްހާން

ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ޤާނޫނުލްއުޤޫބާތުގެ 124 ވަނަ މާއްދާގެ ގޮތުގައި ހުށައަޅާފައިވާ އިސްލާޙާއި ދެކޮޅަށް ރާއްޖޭގެ 104 ކައުންސިލަކުން ބަޔާން ނެރެފިއެވެ.

ބަޔާން ނެރެފައިވާ 104 ކައުންސިލްގެ ތެރޭގައި ހިމެނެނީ 100 ރަށު ކައުންސިލަކާއި 3 އަތޮޅު ކައުންސިލެއްގެ އިތުރުން 1 ސިޓީ ކައުންސިލެވެ. ރ. އަތޮޅުގެ ރަށްތަކުގެ ކައުންސިލްތަކުގެ ތެރެއިން ފައިނު، އިންނަމާދޫ އަދި ރަސްމާދޫ ފިޔަވާ ހުރިހާ ރަށެއްގެ ކައުންސިލްތަކުންވަނީ މިކަމާއި ދެކޮޅުކަން ހާމަކޮށް ބަޔާން ނެރެފައެވެ.

ސަރުކާރުގެ ފަރާތުން ހުށައަޅާފައިވާ ބިލަކީ ރާއްޖޭގައި ސެކިއުލަރިޒަމް ފެތުރުމަށް ފުރުސަތު ލިބޭ ގޮތަށް ހުށައަޅާފައިވާ ބިލަކަށް ވާތީ ‘ބޭން ސެކިއުލަރ ބިލް’ ގެ ނަމުގައި ޖަމްޢިއްޔަތުއް ސަލަފާއި ރާއްޖޭގެ ދީނީ އިލްމުވެރިން ގުޅިގެން އަންނަނީ ބޮޑު ކެމްޕެއިނެއް ކުރިއަށް ގެންދަމުންނެވެ. ސަރުކާރުން ހުށައަޅާފައިވާ މި ބިލު މަޖިލީހަށް ބަލައިގަނެ ބިލު ދިރާސާ ކުރުމަށް މިހާރުވަނީ ކޮމިޓީއަށް ފޮނުވާފައެވެ.

 

ޚިޔާލު ފާޅުކުރައްވާ