Follow us on
މުޅި ގޭ އެއްކޮށް ކަރަންޓީނުކުރެވިފައިވާ ގެތަކަށް މަޑުއްވަރީ ސިމްބެގެ އެހީތެރިކަމާއެކު މަސް ހަދިޔާކޮށްފި
| އިބްރާހިމް ރަފްހާން

ކޯވިޑް 19 އާއި ގުޅިގެން ރ. މީދޫގައި ‘މުޅި ގޭ’ އެއްކޮށް ކަރަންޓީނު ކުރެވިފައިވާ ގެތަކަށް ރ. މަޑުއްވަރީ ސިމްބެގެ އެހީތެރިކަމާއެކު ކަނޑުމަސް ހަދިޔާކޮށްފިއެވެ.

މިކަމާއި ގުޅޭ ގޮތުން މީދޫ ޓައިމްސްއަށް މަޢުލޫމާތުދެއްވަމުން ކައުންސިލްގެ ރައީސް ހަސަން ޝަރިފް ވިދާޅުވީ، މިއަދު ޖުމްލަ 12 ގެއަކަށް މަސް ހަދިޔާކުރެވިފައިވާކަަމަށާއި މީގެ ތެރޭގައި މުޅި ގޭ އެއްކޮށް ކަރަންޓީނު ކުރެވިފައިވާ ގެތަކާއި ގެއިން ގިނަ ބަޔަކު އެކަހެރި ކުރެވިފައިވާ ގެތަށް ހިމެނޭކަމަށެވެ.

“މި ފުރުސަތުގައި މިކަމުގައި އެހީތެރިވެދެއްވި ސިމްބެއަށާއި ކުރީގެ ކައުންސިލް މެމްބަރު ނާއިފްއަށް ޝުކުރުއަދާކުރަން” – ރައީސް ހަސަން ޝަރީފް

ކަނޑުމަސް ހަދިޔާ ކުރުމުގެ ތެރެއިން | ފޮޓޯ: މީދޫ ކައުންސިލް

ރ. މީދޫއިން ކޯވިޑްގެ ކޭސްތަކަށް ފެނި ރަށް މޮނިޓަރިންގ ހާލަތަށް ގެނެވިފައިވާއިރު ފައްސިވި ފަރާތްތަކާއި ގާތުން ބައްދަލުވެ ބައެއް ގެތަކާއި މީހުން ވަނީ ކަރަންޓީނު ކުރެވިފައެވެ.

ޚިޔާލު ފާޅުކުރައްވާ