Follow us on
ރޭގަނޑު 9 އާއި ހަމައަށް އެއްގަމު އުޅަނދު ދުއްވޭ ގޮތަށް ހަދައިފި
| އިބްރާހިމް ރަފްހާން

ކޯވިޑް 19 އާއި ގުޅިގެން ރ. މީދޫގައި އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއި ދީފިއެވެ.

ަކައުންސިލުން ނެރެފައިވާ އިޢުލާނެއްގައި ބުނެފައިވަނީ، ކޯވިޑް 19 އާއި ގުޅިގެން ރ. މީދޫ މޮނިޓަރިންގއަށް ލާފައިވުމުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ހަވީރު 16:00 އިން ރޭގަނޑު 21:00 އަށް އެއްގަމު އުޅަނދު ނުދުއްވޭ ގޮތަށް އޮތް އޮތުން އުވާލުމަށް ނިންމާފައިޥާކަމަށެވެ.

ނަމަވެސް، މޮނިޓަރިންގ ހާލަތު އުވާލެވެންދެން ރޭގަނޑު 21:00 އިން ފަތިހު 4:00 އާއި ހަމައަށް ކާފިއު ހިނގާނެކަމަށް އިޢުލާނުގައި ބުނެފައިވެއެވެ.

ރ. މީދޫ މޮނިޓަރިންގ ހާލަތަށް ގެނެސްފައި ވަނީ ރަށުތެރެއިން ކޯވިޑްގެ ކޭސްތަކެއް ފެނި ޖޫން މަހުގެ 2 ވަނަ ދުވަހުއެވެ.

ޚިޔާލު ފާޅުކުރައްވާ