Follow us on
ޖޫން 10 ގައި ފައްސިވި ފަރާތާއި އެއް ގެއެއްގައި ދިރިއުޅޭ އިތުރު މީހަކު ފައްސިވެއްޖެ
| އިބްރާހިމް ރަފްހާން

ރ. މީދޫއިން އިތުރު މީހަކު ކޯވިޑް 19 އަށް ފައްސިވެއްޖެއެވެ.

ކޯވިޑަށް ފައްސިވެފައިވަނީ 10 ޖޫންގައި ފައްސިވި ފަރާތާއި އެއް ގެއެއްގައި ދިރިއުޅޭ ކުއްޖެކެވެ.

10 ޖޫންގައި މީދޫއިން ފައްސިވީ 6 ޖޫންގައި ނެގި ރެންޑަމް ސާމްޕަލްތަކުގެ ތެރެއިން ފައްސިވި ފަރާތާއި ގާތުން ބައްދަލުވެ އައިސޮލޭޓުކޮށްފައި ހުރި މީހެކެވެ. އެ މީހާ ޓެސްޓުކޮށްފައިވަނީ ބަލީގެ އަލާމާތްތައް ހުރެގެންނެވެ.

ރ. މީދޫއިން ކަރަންޓީނުގައި ނެތް 2 މީހަކު ފައްސިވުމާއި ގުޅިގެން 2 ޖޫންއިން ފެށިގެން ރަށް ވަނީ މޮނިޓަރިންގ ހާލަތަށް ގެނެވިފައެވެ.

ޚިޔާލު ފާޅުކުރައްވާ