Follow us on
ރ. މީދޫގައި ކަރަންޓީނުގައި ހުރި މީހަކު ކޯވިޑަށް ފައްސިވެއްޖެ
| އިބްރާހިމް ރަފްހާން

ރ. މީދޫގައި ކަރަންޓީނުގައި ހުރި މީހަކު ކޯވިޑް 19 އަށް ފައްސިވެއްޖެއެވެ.

މަޢުލުމާތު ލިބިފައިވާ ގޮތުގައި މިއަދު ފައްސިވެފައިވަނީ، ހޯމް ކަރަންޓީނުގައި ހުއްޓާ 2 ޖޫންގައި ފައްސިވި ކުޑަކުއްޖައާއި އެއް ގެއެއްގައި ކަރަންޓީނުވި މީހެކެވެ. އެ ގޭގައި އޭރު ކަރަންޓީނުގައި ހުރި 7 މީހުންގެ ތެރެއިން ފައްސިވީ ކުޑަކުއްޖާ އެކަންޏެވެ.

ކުޑަކުއްޖާ ފައްސިވުމާއި ގުޅިގެން އެގޭގައި ކަރަންޓީނުގައި ތިބި 3 މީހުން އެހެން ގެއަކަށްވަނީ ބަދަލުކޮށްފައެވެ. މިއަދު ފައްސިވި ފަރާތަކީ އެގޮތުގެ މަތިން އެހެން ގެއަކަށް ބަދަލުކުރެވުނު ފަރާތެކެވެ.

ޚިޔާލު ފާޅުކުރައްވާ