Follow us on
ރ. މީދޫގައި ފުލުހުންގެ އާ އިމާރާތެއް އެޅުމަށް ބަނދަރު ސަރަހައްދުން 10،000 އަކަ ފޫޓުގެ ބިމެއް!
| އިބްރާހިމް ރަފްހާން

ރ. މީދޫގައި ފުލުހުންގެ އާ އިމާރާތެއް އެޅުމަށް ބަނދަރު ސަރަހައްދުން 10،041.08 އަކަ ފޫޓުގެ ބިމެއް ހަމަޖައްސައިދީ އެ ބިން ރަސްމީކޮށް ފުލުހުންނާއި ހަވާލުކޮށްފިއެވެ.

މި ބިމުގެ ރަޖިސްޓްރީ ފުލުހުންނާއި ހަވާލުކޮށްފައިވަނީ އަންގާރު ދުވަހު މީދޫ ކައުންސިލްގައި ބޭއްވި ކުޑަ ބައްދަލުވުމެއްގައެވެ. އެކޮމޮޑޭޝަން ބްލޮކަކާއި އޮފީސް ބައެއް ހިމެނޭ ގޮތަށް އެޅުމަށް ހަމަޖެހިފައިވާ އިމާރާތް އެޅުމަށް ދީފައިވަނީ ބޭންކު އޮފް މޯލްޑިވްސް މީދޫ ބުރާންޗުގެ ދެކުނުން އޮތް ހުސް ބިމެވެ.

ފުލުހުންގެ އާ އިމާރާތެއް މީދޫގައި އެޅުމަށް ނިންމާފައިވަނީ މިހާރު ބޭނުން ކުރަމުން ގެންދާ ވަގުތީ ފުލުހުންގެ މަރުކަޒުގައި ޖާގައިގެ ދަތިކަން ހުރުމުގެ ސަބަބުންނެވެ. މިހާރު މީދޫގައި ފުލުހުންގެ ހިދުމަތް ދެމުން އަންނަނީ ރައްޔިތުންގެ އިމާރާތެއްގައެވެ.

ރ. މީދޫގައި އެޅުމަށް ހަމަޖެހިފައިވާ ފުލުހުންގެ އިމާރާތުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ޚިޔާލު ފާޅުކުރައްވާ