Follow us on
ރ. އަތޮޅުގެ 5 މެމްބަރުންގެ ތެރެއިން ‘ސެކިއުލަރ ބިލް’ އާއި ދެކޮޅަށް ވޯޓު ދިނީ މެމްބަރު އާދަމް ޝަރީފް އެކަނި!
| އިބްރާހިމް ރަފްހާން

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިގާ ‘ނަފްރަތުގެ ބިލް’ މަޖިލީހަށް ބަލައިގަތުމަށް މިއަދު ނެގި ވޯޓުގައި ރ. އަތޮޅުގެ މެމްބަރުންގެ ތެރެއިން މި ބިލް ބަލައިގަތުމަށް ނުފެންނަކަމަށް ވޯޓު ދެއްވީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އެކަންޏެވެ.

މިއަދު މި ބިލް މަޖިލީހަށް ބަލައިގަތުމަށް ފެންނަކަމަށް 38 މެމްބަރަކު ވޯޓު ލާފައިވާއިރު މީގެ ތެރޭގައި ރ. އަތޮޅުގެ 4 މެމްބަރުކަމަށްވާ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަޙްމަދު، ދުވާފަރު ދާއިރާގެ މެމްބަރު އިސްމާޢިލް އަޙްމަދު، އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަޙީދު އަދި އަލިފުށި ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު ހިމެނެއެވެ.

މި ބިލް މަޖިލީހަށް ބަލައިގަތުމާއި ދެކޮޅަށް އެމް.ޑީ.ޕީގެ 4 މެމްބަރަކުވެސް ވޯޓުލާފައިވާކަން ފާހަގަކޮށްލެވެއެވެ.

ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހުށައަޅުއްވާފައިވާ އިސްލާޙަކީ މުސްލިމުން ކާފަރުކުރުން މަނާކުރުމަށް ހުށައަޅާފައިވާ އިސްލާޙެއްކަމަށް ބުނި ނަމަވެސް، މި އިސްލާޙާއި ދެކޮޅަށް ރާއްޖޭގެ ދީނީ ޢިލްމުވެރިން އަންނަނީ އަޑު އުފުލަމުންނެވެ. އެގޮތުން މި އިސްލާޙަކީ ސެކިއުލަރިޒަމްއަށް ފުރުސަތު ލިބޭ ގޮތަށް ހުށައަޅާފައިވާ އިސްލާޙެއްކަމަށް ބުނެ ‘ބޭން ސެކިއުލަރ ބިލް’ ގެ ނަމުގައި ބޮޑު ކެމްޕެއިނެއްވެސް ފަަށާފައިވެއެވެ.

މި ބިލް އާއި ދެކޮޅަށް ރަށްރަށުގެ ރަށު ކައުންސިލްތަކުންވެސް ބަޔާން ނެރެމުން އަންނައިރު ރ. އަތޮޅުގެ 7 ރަށު ކައުންސިލަކުން ވަނީ މިހާތަނަށް ބަޔާން ނެރެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ރ. މީދޫ ކައުންސިލް، ރ. މަޑުއްވަރީ ކައުންސިލް، ރ. ހުޅުދުއްފާރު ކައުންސިލް، ރ. އަނގޮޅިތީމު ކައުންސިލް، ރ. މާކުރަތު ކައުންސިލް، ރ. ދުވާފަރު ކައުންސިލް އަދި ރ. އުނގޫފާރު ކައުންސިލްއެވެ.

ޚިޔާލު ފާޅުކުރައްވާ