Follow us on
ރ. މީދޫއިން އިތުރު މީހަކު ކޯވިޑަށް ފައްސިވެއްޖެ
| އިބްރާހިމް ރަފްހާން

ރ. މީދޫއިން އިތުރު މީހަކު ކޯވިޑް 19 އަށް ފައްސިވެއްޖެއެވެ.

މިއަދު ފައްސިވެފައިވަނީ، ޖޫން 10 ގައި ފައްސިވި ފަރާތާއި އެއް ގެއެއްގައި ދިރިއުޅޭ މީހެކެވެ.

މިއަދު ފައްސިވި ފަރާތާއި ގާތުން ބައްދަލުވި މީހުން ހޯދުމުގެ މަސައްކަތް މީދޫ ސިއްޙީ މަރުކަޒުން ފަށާފައިވާއިރު، 31 މެއި އިން 10 ޖޫން އާއި ދެމެދު ރ. މީދޫ މަނަސް ފިހާރަށް ގޮސްފައިވާ ފަރާތްތަކުން ގޭގައި އެކަހެރިވެ ސިއްޙީ މަރުކަޒަށް އެންގުމަށް ސިއްހީ މަރުކަޒުން އެދެއެވެ.

ޚިޔާލު ފާޅުކުރައްވާ