Follow us on
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ޕީ.ސީ.އާރު ލެބްގެ މަސައްކަތްތައް ލޮށްދޭނެ ފަރާތެއް ހޯދަނީ
| އިބްރާހިމް ރަފްހާން

ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައިި ޤާއިމްކުރާ ޕީ.ސީ.އާރު ލެބްގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާންކޮށްފިއެވެ.

މިއަދު އުނގޫފާރު ހޮސްޕިޓަލުން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 15 ޖޫން 2021 ވާ އަންގާރަ ދުވަހުން ފެށިގެން ޖޫން 17 2021 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހެނދުނު 9:00 އިން 13:00 އާއި ދޭތެރޭ ނަން ނޯޓު ކުރުމަށް އެދޭކަމަށެވެ.

އަދި މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ދިނުން އޮންނާނީ 20 ޖޫން 2021 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:00 ގައި ކަމަށާއި އަންދާސީ ހިސާބު ހުށައެޅުން އޮންނާނީ 27 ޖޫން 2021 ވާ އާދިއްތަ ދުވަހު ހެނދުނު 11:00 ގައިކަމަށް އިޢުލާނުގައި ބުނެފައިވެއެވެ.

މިކަމާއި ގުޅޭ އިތުރު މަޢުލޫމާތު ސާފު ކުރައްވަން ބޭޏުންވާ ފަރާތްތަކުން 6580029 އަށް ގުޅުއްވުމަށް އެ ހޮސްޕިޓަލުން އެދެއެވެ.

ޚިޔާލު ފާޅުކުރައްވާ