Follow us on
ޑާކު ޕާކުން ރ. ދުވާފަރު ސިއްޙީ މަރުކަޒަށް މެޑިކަލް ސްކްރަބްސް ހަދިޔާކޮށްފި
| އިބްރާހިމް ރަފްހާން

ރ. ދުވާފަރުގައި ކޯވިޑް 19 ގެ ސާމްޕަލް ނެގުމަށް ހަރަކާތްތެރިވާ ދުވާފަރު ސިއްޙީ މަރުކަޒުގެ މުވައްޒަފުން ބޭނުން ކުރުމަށް ޑާކު ޕާކުގެ ފަރާތުން މެޑިކަލް ސްކްރަބްސް ހަދިޔާކޮށްފިއެވެ.

ރ. ދުވާފަރުގައި ހިންގާ ކުޅިވަރު ޓީމެއްކަމަށްވާ ޑާކު ޕާކުންވަނީ އެ މަރުކަޒުގެ 6 ނަރުހަކާއި، 2 ޑްރައިވަރުން އަދި ޕަބްލިކް ހެލްތު ޔުނިޓުގައި މަސައްކަތް ކުރާ ދެ މުވައްޒަފަކަށް މެޑިކަލް ސްކްރަބްސް ހަދިޔާކޮށްފައެވެ.

ދުވާފަރު ސިއްޙީ މަރުކަޒުގެ މުވައްޒަފުންނަށް ޑާކު ޕާކުގެ ފަރާތުން ސްކްރަބްސް ހަދިޔާކޮށްފައިވާތީ ސިއްޙީ މަރުކަޒުގެ މުވައްޒަފުންނާއި މެނޭޖްމެންޓުން ވަނީ ޑާކު ޕާކަށް ޝުކުރުއަދާކޮށްފައެވެ.

މީގެ ކުރިންވެސް ޑާކު ޕާކުގެ ފަރާތުން މިފަދަ އިޖުތިމާޢީ ގިނަ ކަންތައްތަކެއް ކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

ޚިޔާލު ފާޅުކުރައްވާ