Follow us on
2 ޖޫންގައި ރ. މީދޫއިން ފައްސިވި 2 މީހުންނާއި ގާތުން ބައްދަލުވި އެންމެންގެ ސާމްޕަލް ނެގެޓިވް!
| އިބްރާހިމް ރަފްހާން

ރ. މީދޫގައި ހޯމް ކަރަންޓީނުގައި ހުއްޓާ ފައްސިވި ފަރާތަކާއި ގާތުން ބައްދަލުވެ ޖޫން 2 ގައި ކޯވިޑަށް ފައްސިވި 2 މީހުންގެ ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވި އެންމެންގެ ސާމްޕަލް ނައްސިވެއްޖެއެވެ.

މިގޮތުން ގާތުން ބައްދަލުވެ އައިސޮލޭޓުކޮށްފައިވާ 20 މީހެއްގެ ސާމްޕަލް ނަގާ ނެގެޓިވްވުމުން މިހާރުވަނީ އައިސޮލޭޝަންއިން ދޫކޮށްލާފައެވެ.

އެހެންނަމަވެސް، 6 ޖޫންގައި ރ. މީދޫއިން ނެގި 59 ރެންޑަމް ސާމްޕަލްތަކުގެ ތެރެއިން ފައްސިވި ފަރާތާއި ގާތުން ބައްދަލުވެ ބަލީގެ ޢަލާމާތްތައް ފެންނާތީ ޓެސްޓުކުރި މީހަކު ވަނީ ކޯވިޑަށް ފައްސިވެފައެވެ. އަދި އެ ފަރާތާއި ގާތުން ބައްދަލުވި 30 މީހަކު މިހާރު ވަނީ އައިސޮލޭޓުކޮށްފައެވެ.

2 ޖޫންގައި ދެ މީހުން ފައްސިވުމާއި ގުޅިގެން އެދުވަހުން ފެށިގެން ރ. މީދޫއަށް އަރާ ފޭބުން ވަނީ މަނާކޮށްފައެވެ.

ޚިޔާލު ފާޅުކުރައްވާ