Follow us on
އެންމެ ފަހުން ރ. މީދޫއިން ފައްސިވި ފަރާތާއި ގާތުން ބައްދަލުވި 30 މީހަކު އައިސޮލޭޓުކޮށްފި
| އިބްރާހިމް ރަފްހާން

ބުރާސްފަތި ދުވަހު ރ. މީދޫއިން ފައްސިވި ފަރާތާއި ގާތުން ބައްދަލުވި 30 މީހަކު ފާހަގަކޮށް އައިސޮލޭޓުކޮށްފިއެވެ.

ރ. މީދޫ ސިއްޙީ މަރުކަޒުން ބުނީ، ކޮންޓެކްޓް ޓްރޭސިންގގެ ތެރެއިން ފާހަގަވި 30 މީހުން އެކަހެރިކޮށް 3 ގެއެއް ކަރަންޓީނުކުރެވިފައިވާކަމަށެވެ. އައިސޮލޭޓުކުރި މީހުންގެ ތެރޭގައި ހައި ރިސްކް ކޮންޓެކްޓުންނާއި ލޯ ރިސްކް ކޮންޓެކްޓުން އަދި ޑައިރެކްޓް ކޮންޓެކްޓުން ހިމެނޭކަމަށްވެސް ސިއްޙީ މަރުކަޒުން މަޢުލޫމާތުދެއެވެ.

ބުރާސްފަތި ދުވަހު ރ. މީދޫއިން ފައްސިވެފައިވަނީ 6 ޖޫންގައި ނެގި ރެންޑަމް ސާމްޕަލްތަކުގެ ތެރެއިން ފައްސިވި ފަރާތާއި ގާތުން ބައްދަލުވެ ބަލީގެ ޢަލާމާތްތައް ފެންނާތީ ޓެސްޓުކުރި ފަރާތެކެވެ.

މި ކޭސްގެ ކޮންޓެކްޓުން ގިނަވެ ރަށުތެރޭގައި ބަލި ފެތުރިފައިވާ މިންވަރު ދެނެގަނެވިފައިނުވާތީ މިއަދުން ފެށިގެން ރ. މީދޫގައި އަޅާފައިވާ ފިޔަވަޅުތައްވެސް ވަނީ ވަރުގަދަކޮށްފައެވެ. އެގޮތުން މިއަދުން ފެށިގެން ހަވީރު 16:00 އިން ފަތިހު 4:00 އާއި ދެމެދު އެއްގަމު އުޅަނދު ދުއްވުން ވަނީ މަނާކޮށްފައެވެ.

ރ. މީދޫގެ ކޮމިއުނިޓީ ތެރެއިން ކޯވިޑު ފެނި ރަށް މޮނިޓަރިންގއަށް ލާފައިވަނީ ޖޫން މަހުގެ 2 ދުވަހުއެވެ.

ޚިޔާލު ފާޅުކުރައްވާ