އެސްޓީއޯގެ ރ. މީދޫ އެޖެންޓަކަށް ޑިފަރެންސް ހަމަޖައްސައިފިއެވެ.
އެސްޓީއޯގެ ފަރާތުން މީދޫ ޓައިމްސްއަށް މައުލޫމާތުދެއްވަމުން ވިދާޅުވީ އެސްޓީއޯގެ އެޖެންޓުން މެދުވެރިކޮށް މާލެއާ އެއްއަގެއްގައި އެރަށަކުން ކާޑުގެ ބާވަތްތައް ލިބިގެންދާނެކަމަށެވެ. އަދި ޑިފަރެންސް ފިހާރައިން ރ. މީދޫގެ ރައްޔިތުންނަށް ކާޑުގެ ބާވަތްތައް މާލެއާ އެއްއަގެއްގައި މިހާރު ލިބޭނެކަމަށްވެސް އެސްޓީއޯއިން މައުލޫމާތުދެއްވައެވެ.
އެސްޓީއޯއިން މައުލޫމާތުދެއްވިގޮތުގައި ޑިފަރެންސް ފިހާރައިން ހަނޑޫ ބަސްތާއެއް ވިއްކާނީ 240/- ރުފިޔާއަށެވެ. ހަނޑޫ ކިލޯއެއްގެ އަގަކީ 4 ރުފިޔާ 80 ލާރިއެވެ. ފުށް ބަސްތާއެއް 190 ރުފިޔާއަށް ލިބޭއިރު ފުށް ކިލޯއެއްގެ އަގަކީ 3.80 އެވެ. މީގެއިތުރުން ހަކުރު ބަސްތާއެއްގެ އަގަކީ 241 ރުފިޔާއެވެ އަދި ހަކުރު ކިލޯއެއްގެ އަގަކީ 4.82 އެވެ.
ޑިފަރެންސް ފިހާރައަކީ މީދޫގައި އެކި ބާވަތުގެ މުދާ އަގުހެޔޮކޮށް ވިއްކަމުން އަންނަ ފިހާރައެކެވެ.