Follow us on
ރ. މީދޫގައި ހަވީރު 16:00 އިން ފަތިހު 4:00 އަށް އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފި
| އިބްރާހިމް ރަފްހާން

ރ. މީދޫގައި ކޯވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް މިއަދުން ފެށިގެން ހަވީރު 16:00 އިން ފަތިހު 4:00 އަށް އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފިއެވެ.

ރ. މީދޫ ކައުންސިލުން ނެރެފައިވާ އިޢުލާނެއްގައި ބުނެފައިވަނީ ރ. މީދޫގައި ކޯވިޑް ފެތުރެމުންދާ މިންވަރު ކަމާ ބެހޭ ފަރާތްތަކަށް ދެނެގަނެވިފައި ނުވާތީ މީދޫގައި އަޅާފައިވާ ފިޔަވަޅުތައް ހަރުކަށި ކުރަން ޓާސްކްފޯސްއިން ނިންމާފައިވާކަމަށެވެ.

މިގޮތުން ފިހާރަތަކުންނާއި ކެފޭ ރެސްޓޯރެންޓްތަކުން ޑެލިވަރީގެ ހިދުމަތް ދެވޭނީ ރޭގަނޑު 11:00 އާއިހަމައަށް ކަމަށްވެސް ޓާސްކްފޯސްއިން ނިންމާފައިވެއެވެ.

 

ޚިޔާލު ފާޅުކުރައްވާ