Follow us on
28 މެއިގެ ފަހުން މަނަސް ފިހާރައަށް ގޮސްފައިވާ ފަރާތްތަކުން ގޭގައި އެކަހެރިވުމަށް އަންގައިފި
| އިބްރާހިމް ރަފްހާން

މެއި މަހުގެ 28 ވަނަ ދުވަހުން ފެށިގެން ޖޫން 8 އާއި ދެމެދު ރ. މީދޫ ‘މަނަސް’ ފިހާރައަށް ގޮސްފައިވާ ފަރާތްތަކުން ގޭގައި އެކަހެރިވުމަށް ރ. މީދޫ ސިއްޙީ މަރުކަޒުން އަންގައިފިއެވެ.

މިގޮތަށް އަންގާފައިމިވަނީ، އެ ފިހާރަގައި މަސައްކަތްކުރާ ފަރާތެއް މިއަދު ކޯވިޑަށް ފައްސިވެފައިވާތީއެވެ. ކޯވިޑަށް ފައްސިވެފައިވަނީ 6 ޖޫންގައި ނެގި ރެންޑަމް ސާމްޕަލްތަކުގެ ތެރެއިން ފައްސިވި ފަރާތާއި ގާތުން ބައްދަލުވެ ބަލީގެ ޢަލާމާތްތައް ހުރެގެން ޓެސްޓުކުރި މީހެކެވެ.

ފާހަގަކޮށްފައިވާ ދުވަސްތަކުގެ ތެރެއިން ދުވަހެއްގައި އެ ފިހާރައަށް ގޮސްފައިވާ ފަރާތްތަކުން ރ. މީދޫ ސިއްޙީ މަރުކަޒުގެ ނަމްބަރު 6580396 އަށް ގުޅުއްވާ އެކަން އެންގެވުމަށްވެސް ސިއްޙީ މަރުކަޒުން އެދެއެވެ.

ޚިޔާލު ފާޅުކުރައްވާ