ޔޫތު ޗެމްޕިއަންޝިޕުގައި ވިކްޓްރީ ސްޕޯޓްސް ކުލަބަށް ކުޅުނު އަލީ ޖިނާހު، ކުރިއަށް އޮތް ފުޓުބޯޅަ ސީޒަނުގައި ވިކްޓްރީ ސްޕޯޓްސް ކުލަބުގެ ސީނިއާ ޓީމަށް ކުޅުމަށް އެއްބަސްވެއްޖެއެވެ.
ޔޫތު ޗެމްޕިއަންޝިޕުން ވިކްޓްރީ ކެޓި ނަމަވެސް މެޗަކުން ބަލިނުވެ ހިފަހައްޓާލުމުގައި ވިކްޓްރީގެ މެދުތެރޭގައި އަދި ފަހަތުގައި ޖިނާހުވަނީ މުހިއްމު ދައުރެއް އާދަކޮށްފައެވެ. އެގޮތުން މުބާރާތުގައި ވިކްޓްރީ ކުޅުނު ތިން މެޗުގައިވެސް ޖިނާޙުގެ ފަރާތުން ފެނިގެންގޮސްފައިވަނީ ތަޢުރީފު ހައްޤު މޮޅު ކުޅުމެއްކަން ފާހަގަކޮށްލެވެއެވެ.
ވިކްޓްރީގެ ސީނިއާ ޓީމުން ޖާގަ ލިބުމުން، އެމް.ޓީ އާއި ވާހަކަދައްކަމުން ޖިނާހު ބުނީ، މި ފުރުސަތު ލިބުމުން އުފާ ކުރާކަމަށާއި އުއްމީދަކީ މި ލެވެލްގައި ރަނގަޅު ކުޅުމެއް ކުޅުންކަމަށެވެ. ކުރިއަށް އޮތް ފުޓުބޯޅަ ސީޒަނުގައި ވިކްޓްރީގެ ޓީމަށް ކުޅުމަށް ޖިނާހު އެއްބަސްވެފައިވާއިރު ބައެއް އެހެން ޓީމުތަކުންވެސް ޖިނާހު ހޯދުމަށް މަސައްކަތްކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.
ޖިނާހުގެ އިތުރުން ޝައިހާނުވެސް ޔޫތު ޗެމްޕިއަންޝިޕުގައި ވިކްޓްރީގެ ޓީމަށް ކުޅެފައިވާކަން ފާހަގަކޮށްލެވެއެވެ.