Follow us on
ކާލިއަސް ސަރުކާރު މަޤާމެއްގައި ހުރިހާ ހިނދަކު ސަރުކާރުގެ ދިފާޢުގައި ބަސް ބުނާނަން – މޫކޭ
| އިބްރާހިމް ރަފްހާން

‘ކާލިއަސް’ ސަރުކާރުގެ މަޤާމެއްގައި ހުރިހާ ހިނދަކު ސަރުކާރަށް އަމާޒުކުރާ ހަމަލާތަކުގެ ދިފާޢުގައި ބަސް ނުބުނާނެ އެއްވެސް ގޮތެއް ނޯންނާނެކަމަށް އެމް.ޑީ.ޕީ މަޑުއްވަރީ ދާއިރާގެ ރައީސް އަދި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ އެމް.ޑީ މޫސާ އަލީ މަނިކު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއަށްފަހު އެމް.ޑީ.ޕީގެ އެތެރޭގައި ކޯޅުން ބޮޑުވެފައިވާ މި ދަނޑިވަޅުގައި މޫސާ އަލީ މަނިކު ވިދާޅުވީ، ސަރުކާރުގެ ދިފާޢުގައި ބަސް ނުބުނެވޭނަމަ ސިޔާސީ މަޤާމުތަކުގެ ތިބުމުގެ މާނައެއް ނެތްކަމަށެވެ. ރޭ ކުރައްވާފައިވާ ޓުވީޓެއްގައި މޫކޭ އިތުރަށް ވިދާޅުވެފައިވަނީ އޭނާ ހުރި ސްޓޭޏްޑް އޮޅުން އަރާތީ ސާފުކޮށްދިނުމަށް މި ވާހަކަ ފާހަގަކުރެއްވީކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒް ކޮމިޓީއަށް ރައީސް ނަޝީދު ހުށައެޅުއްވި މައްސަލައެއް ބޭރުކޮށްލުމަށް އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެމް.ޑީ.ޕީގެ 4 މެމްބަރަކުވެސް ވޯޓު ދީފައިވާއިރު، މިކަމުގައި އިސްކޮށް ހުންނެވިކަމަށް އެމް.ޑީ.ޕީގެ ލީޑަރޝިޕްގެ ބައެއް ބޭފުޅުން ތުހުމަތުކުރައްވާ އަލިފުށި ދާއިރާގެ މެމްބަރު ބިގޭގެ ދިފާޢުގައިވެސް މޫސާ އަލީ މަނިކު ވަނީ ނިކުންނަވާފައެވެ.

ޚިޔާލު ފާޅުކުރައްވާ